ރާއްޖެ އަށް ހަތިޔާރު ގެނެވޭނެ މަގު ހުޅުވިފައި އެބައޮތް ކަމަށް މޯލްޑިވްސް ކަސްޓަމްސް އިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރު އޮފް ކަސްޓަމްސް އިސްމާއިލް ހަމްދޫން ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ކަސްޓަމްސް އަށް ދަތި ކަމަށެވެ. އެގޮތުން އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްގެ އޮފިސަރުން މިހާރު ތިބެން ޖެހެނީ ބަނދަރުތަކުގައި ކަމަށެވެ. ބަނދަރުތަކަށް އުޅަނދެއް އައުމުގެ ކުރިން، ބޭނުން ކަމެއް ކުރެވޭ ގޮތަށް އޮންނަ ކަމަށް ވިދާޅުވިއެވެ.
ހަމްދޫން ވިދާޅުވީ މީގެކުރިން ވެސް އުޅަނދުތައް ކަސްޓަމްސްގެ މުވައްޒަފުން ތިބޭ ބަނދަރާއި ހަމައަށް ދިއުމުގެ ކުރިން އެހެން އުޅަނދުތަކަށް އަރުވައިގެން މަސްތުވާތަކެތި ރާއްޖޭގެ ފަޅު ރަށްތަކަށް ގެންގޮސްފައި އެބަހުރި ކަމަށެވެ. އަދި އެފަދަ މައްސަލަތައް މީގެކުރިން ފުލުހުން ތަހުގީގު ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް އެކަން އޮތީ ހަމައެކަނި މަސްތުވާތަކެތީގެ މައްސަލަތަކުގައި އެކަނި ނޫން ކަމަށް ހަމްދޫން ވިދާޅުވިއެވެ. އަދި އެކަމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
"މިސާލަކަށް ހަތިޔާރު ގެންނަން މީހަކު ނިޔަތް ނުގަންނަނީ. ނިޔަތް ގަނެފިއްޔާ ރާއްޖެ އަށް ހަތިޔާރު ގެނެވޭނެ މަގު އޮތީ ހުޅުވިފައި،" ހަމްދޫން ވިދާޅުވިއެވެ.
އެހެންކަމުން ހަމްދޫން ވަނީ ބަނދަރާއި ހަމައަށް އައުމުގެ ކުރިން އެއް އުޅަނދުތަކުން އަނެއް އުޅަނދަށް ތަކެތި ބޭރު ކުރާ ކުރުން ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ