މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކި ކުރަން ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ އެރުވުމުގެ ގޮތުން ބާއްވަން ނިންމި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމަށް މިއަދުވެސް ގަވަރުނަރު ވަޑައިނުގަންނަވާ ކަމަށް ކޮމެޓީގެ މުގައްރިރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ގާސިމް ވިދާޅުވީ މިއަދުގެ ބައްދަލުވުމަށް ވެސް ގަވަރުނަރަށް ވަޑައިނުގެންނެވުނީ އާލާސްކަންފުޅާ އުޅުއްވާތީ ކަމަށް މަޖިލިސް އިދާރާ އަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން ގާސިމް ވަނީ މާދަމާގެ ބައްދަލުވުމަށް ގަވަރުނަރަށް ދައުވަތު ދެއްވުމަށް ހުށަހަޅުއްވާފައެވެ. ގާސިމްގެ އެ ހުށަހެޅުއްވުމަށް ކޮމެޓީގެ ހުރިހާ މެންބަރުން ވެސް ތާއީދު ކުރެއްވިއެވެ.
އަލީ ހާޝިމް މަގާމުން ވަކި ކުރުމަށް ނިންމާ މާލިއްޔަތު ކޮމެޓީން ވަނީ އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ވެސް މީގެކުރިން ވަނީ ފާސްކޮށްފައެވެ. އަލީ ހާޝިމް ވަކި ކުރުމަށް ރައީސަށް ލަފާ އެެރުވުމުގެ މައްސަލަ އަށް ވޯޓު ނުދެއްވާ ހުންނެވީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދެވެ.
އެ މައްސަލަ ހުށަހެޅުއްވީ މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމެވެ.
ނާޒިމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާ ކުރެއްވި ދުވަހުން ފެށިގެން ހިނގާދިޔަ މުއްދަތުގެ ތެރޭގައި އިގްތިސޯދީ ކަންކަމުގައި ގަވަރުނަރު ސަރުކާރަށް ލަފާ ދީފައި ނުވާ ކަމަށެވެ. އަދި އެމްއެމްއޭ އިން ހަރުދަނާ މަސައްކަތްތަކެއް [އިގްތިސޯދު ރަނގަޅު ކުރުމަށް] ކޮށްފައި ނުވާ ކަމަށެވެ.
މިއަދު ރާއްޖެ އިގްތިސޯދީ ކާރިސާއަކާއި ދިމާއަށް ދާއިރު އެކަމުން ގައުމު އަރައިގަތުމަށް އެންމެ ބޮޑު މަސައްކަތެއް ކުރަން ޖެހޭ އެއް ތަނަކީ އެމްއެމްއޭ ކަމަށްވާއިރު މަރުކަޒީ ބޭންކުގެ އެންމެ އިސް ފަރާތަށްވެ ހުންނަވާ މަސްއޫލިއްތު އެންމެ ފުރިހަމަ ގޮތުގައި އެމަނިކުފާނު އަދާ ނުކުރައްވާ ކަމަށްވެސް މައްސަލާގައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ