އިދިކޮޅު އެމްޑީޕީގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ދެކުނުގެ ރަށްތަކުގެ ރައްޔިތުންނާއި ބައްދަލު ކުރުމަށް އެޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން މިއަދު ފުރާވަޑައިގެންފިއެވެ.
މި ދަތުރުގައި އެމްޑީޕީގެ ލީޑާޝިޕުން އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ އިތުރުން ހުވަދޫ އަތޮޅުގެ ރަށްތަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ ޕާޓީގެ ހިންގުން ހަރުދަނާ ކުރުމަށް އެކުލަވާލާ މަގުޗާޓަށް އާއްމުންގެ ހިޔާލު ހޯދުމަކީ އެ ދަތުރުގެ މައިގަނޑު މަގުސަދު ކަމަށް ވިދާޅުވެފައެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުން މަޖިލީހުގެ އިންތިހާބުން ލިބުނު ބޮޑު ނާކާމިޔާބީއާއެކު އެޕާޓީން އަންނަނީ ޕާޓީ ހިންގުން ހަރުދަނާ ކުރުމަށް ހާއްސަ ކޮމެޓީއެއް ނަގައިގެން މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެ ކޮމެޓީން އެކުލަވާލާ ދިރާސާ ރިޕޯޓު އަންނަ ހަފްތާގައި ލިބޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ ދިރާސާ ރިޕޯޓުގެ ބޭރުން ވެސް ޕާޓީ ހަރުދަނާ ކުރުމަށް ހުރި ކަންކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
"އެމްޑީޕީ ރޯޑްމެޕް" ނަމުގައި ޕާޓީގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް މަގުޗާޓެއް އެކުލަވާލުމަށް ނިމިދިޔަ ޖޫން މަހުގެ 11 ވަނަ ދުވަހު ޕާޓީގެ ގައުމީ މަޖިލީހުން ވަނީ ފާސް ކޮށްފައެވެ.
އިންތިހާބުގެ ނަތީޖާއަށް އިހުތިރާމް ކުރަން: ރައީސް
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި