އައްޑޫ ސިޓީގައި ހުންނަ ދިވެހި ފުލުހުން ހިދުމަތުގެ "ޕޮލިސް ކޮލެޖު"ގެ ދަރިވަރުންތަކެއް ކުއްލިއަކަށް ބަލިވެގެން ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން މިރޭ ބުނީ ޕޮލިސް ކޮލެޖުގެ ގިނަ ދަރިވަރުންތަކެއް ބަލިވެ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި މިވަގުތު ވަނީ އެނދުމަތިކޮށްފައިވާ ކަމަށެވެ. އަދި ބުނީ އެކަން ދިމާވި ސަބަބު ހޮސްޕިޓަލް މެދުވެރިކޮށް ބަލަމުން އަންނަ ކަމަށެވެ.
ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ޕޮލިސް ކޮލެޖުގެ ދަރިވަރުން ކާނާ ވިހަވުމުގެ ސަބަބުން ފަރުވާ ދެމުން އަންނަ ކަމަށް ބުނެފައެވެ. އަދި ބައެއް ކުދިންގެ ހާލު ސީރިއަސް ކަމަށްވެސް ބައެއް ފަރާތްތަކުން ބުންޏެވެ.
"ޝައްކުކުރެވެނީ ކާނާ ވިހަވީކަމަށް. ފަރުވާ ދިނުމަށްފަހު ދަރިވަރުން މިހާރުދަނީ އަނބުރާ ކޮލެޖަށް ގެންދަމުން،" ފުލުހުން ބުންޏެވެ.
މިކަމުގެ އިތުރު މައުލޫމާތު ސާފު ކުރުމަށް އޭއީއެޗުގެ މީޑިއާ އޮފިސަރަށް "ހަތާވީސް" އިން ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު މައުލޫމާތު ލިބޭ ގޮތް ވަނީ ނުވެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ