ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީގެ މަސައްކަތްތައް ކުރުމަށް ހުޅުމާލޭގައި ހާއްސަކުރާ ތަނުގައި ދިވެހި އާޓިސްޓުންނަށް ބޭނުންވާ ޖާގަތަކެއް ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލެ ނެޝަނަލް އާޓް ގެލެރީފަދަ ޖާގަތަކެއް އެތަނުން ހަމަޖައްސަވައި، ފަންނުވެރިން މަސައްކަތް ކުރާނެ ސްޓޫޑިއޯތަކެއް އެތަނުން ހަމަޖައްސަވާނެ ކަމަށް ވެސް ރައީސް މިރޭ ވިދާޅުވިއެވެ.
ރައީސް އެހެން ވިދާޅުވީ ނެޝަނަލް އާޓް ގެލެރީގައި ކުރިއަށްދާ "އަންވެއިލިން ވިޝަން 2024"އަށް ޒިޔާރަތްކޮށް، އެތަނުގައި ހުރި ފަންނުވެރިންގެ މަސައްކަތްތައް ބެއްލެވުމަށްފަހު ވާހަކަ ދައްކަވަމުންނެވެ.
"އަޅުގަނޑުމެންގެ ސަރުކާރަށް ބޭނުންވަނީ ތިބޭފުޅުންގެ މިނިވަން ހިޔާލު ދެއްވުން. ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާ އެންމެ ރަނގަޅު ގޮތް ހިއްސާކޮށްދެއްވުން. ހިއްސާކުރީމަ އަޅުގަނޑު ބަލާނަން އެގޮތަކަށް އެކަންކަން ބައްޓަންކޮށްދެވޭތޯ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޔޫތު މިނިސްޓްރީގެ ބަޖެޓުގައި ފަންނުވެރިންނަށް ހާއްސަކޮށްގެން، އަންނަ އަހަރުން ފެށިގެން 25 މިލިއަން ރުފިޔާ ހިމަނުއްވާނެ ކަމަށެވެ.
"މި އަންނަ އަހަރުން ފެށިގެން އިރާދަކުރެއްވިއްޔާ ޔޫތު މިނިސްޓްރީގެ ބަޖެޓުގެ ތެރެއިން، މި އިންޑަސްޓްރީއަށް ހަރަދު ކުރުމަށް ތިބޭފުޅުންނަށް ގްރާންޓުގެ ގޮތުގައި ދޫކުރުމަށް ކަނޑައެޅޭ އުސޫލެއްގެ ތެރެއިން 25 މިލިއަން ރުފިޔާ ކޮންމެ އަހަރަކު ހަމަޖައްސަދޭނަން،" ރައީސް ވިދާޅުވިއެވެ.
ބޭރުގެ އެކި ޕްލެޓްފޯމުތައް މެދުވެރިކޮށް، ދިވެހި ފަންނުވެރިން ކުރިއަރައި ދިއުމަށް އެހީތެރިވެދެއްވާނެ ކަމަށް ވެސް ރައީސް މިރޭ ވިދާޅުވިއެވެ.
"ޖުމްލަކޮށް ކްރިއޭޓާ އިކޮނަމީއަށް އަޅުގަނޑުމެންގެ މި އަތްތަކުން، ސިކުނޑިތަކުން މި ކުރެވޭ މަސައްކަތްތަކުން މި އުފުދޭ ޓެލެންޓު، މެޓީރިއަލް ޓެލެންޓު، އަދި އެހެނިހެން އިންޓަލެކްޗުއަލް ޓެލެންޓު ބޭނުންކޮށްގެން މި އުފައްދާ އުފެއްދުންތައް ވިއްކޭނެ ގޮތް އިންޓަނޭޝަނަލް ޑިޖިޓަލް ޕްލެޓްފޯމުގައި ވިއްކޭނެ ގޮތް މަގުފަހިކޮށްދިނުން އެއީ މެނިފެސްޓޯގައި ހިމެނޭ މުހިއްމު އެއް ކަންތައް،"
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
2 ރޫމް އެޕާރޓްމަން ފޭސް 2 އަގު 2.2 މިލިއަން. މިއަގުވެސް ފްރީކޮއްލަދީ. 1 މިލިއަނަށް ހަދާލަދީ
ހިޔާ ފުލެޓް