ރާއްޖޭގެ ބޮޑު ސަރަހައްދަަކަށް އުދަ އަރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާ ކޮށްފިއެވެ.
މެޓުން މިއަދު ބުނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީގެ ރަށްތަކާއި ހަމައަށް ވައިޓް އެލާޓު ނެރެފައެވެ. އަދި އެ 12 އަތޮޅުގެ ރަށްތަކަށް އުދަ އަރާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ. އެލާޓު ނެރެފައި ވަނީ މެންދުރު 13:15 އިން ފެށިގެން ހަވީރު 17:15 އަށެވެ.
މެޓުން ބުނީ މިއަދު އެންމެ ބޮޑަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މެދުރާއްޖޭގެ ރަށްތަކަށް 2.8 ފޫޓަށް ލޮނުގަނޑު އުފުލިގެން ދާނެ ކަމަށެވެ. އަދި ދެކުނުގެ ރަށްތަކަށް 3.2 ފޫޓަށް އުފުލޭނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.
މިއަދު މާލޭގެ އެކި ސަރަހައްދުތަކަށް އަންނަނީ އުދަ އުރަމުންނެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ