ނޮވެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވަން އެމެރިކާގެ ރައީސް ޖޯ ބައިޑެން ނިންމަވައިފިއެވެ.
އުމުރުފުޅުން 81 އަހަރުގެ ބައިޑެން ދެ ވަނަ ދައުރަކަށް ވާދަ ނުކުރައްވަން ނިންމެވީ ރިޔާސީ ބަހުސްގައި ހެއްދެވުނު ގޯސްތަކާ ގުޅިގެން އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ، ޑިމޮކްރެޓްސްގެ ތެރޭގައި ހިޔާލުތަފާތުވުން ބޮޑުވެފައިވަނިކޮށެވެ. ރިޔާސީ އިންތިހާބުން ބައިޑެންގެ ނަން އަނބުރާ ނެގުމަށް ޕާޓީގެ އެތެރެއިން އޭނާއަށް ވަރަށް ބޮޑަށް ބާރު އަޅާފައިވެއެވެ. ޙާއްޞަކޮށް ކުރީގެ ރައީސް އޮބާމާވެސް ވަނީ ރައީސް ބައިޑެން ރިޔާސީ ރޭހުން ވަކިވެވަޑައިގަތުމަށް ބާރު އަޅުއްވާފައެވެ.
ފަހަތަށް ޖެހިވަޑައިގެންނެވިކަން އިއުލާންކޮށް، ބައިޑެންގެ ސޯޝަލް މީޑިއާ އެކައުންޓުގައި އާންމުކުރެއްވި ސިޓީގައި ވަނީ އޭނާގެ ނާއިބު ރައީސް ކަމަލާ ހެރިސް އަށް ވަރަށް ބޮޑަށް ތާއުރީފު ކުރައްވާފައިވެއެވެ. ޢަދި އެކަމަނާގެ ނަންފުޅު ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓަކަށް ހެދުމަށް ބައިޑެން ވަނީ ތާއީދު ކުރައްވާފައެވެ.
މީގެ ތިން އަހަރު ކުރިން 2020 ގައި 81 މިލިއަން ވޯޓުން، ޓްރަންޕުގެ މައްޗަށް ކުރި ހޯއްދެވި ބައިޑަން މިރޭ އާންމުކުރެއްވި ސިޓީގައި ވިދާޅުވީ ޞިއްޙީ ސަބަބުތަކަށްޓަކައި ނަން އަނބުރާ ނެންގެވީ ކަމަށާއި އޭނާއަށް ރައީސް ކަމުގެ މަޤާމުގައި ޚިދުމަތް ކުރުމުގެ ފުރުޞަތު ދިން ކަމަށްޓަކައި އެމެރިކާގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ