މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ގަވަރުނަރުގެ މަގާމުގައި ހުންނެވި އަލީ ހާޝިމް އެ މަގާމުން ވަކި ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ އަރުވަން ރައްޔިތުން މަޖިލީހުން ފާސް ކޮށްފައިވާ ގޮތަށް، އެ މަގާމުން އަލީ ހާޝިމް ވަކި ކުރެއްވުމަށް ނިންމަވައިފިއެވެ.
ގަވަރުނަރު ކަމުގެ މަގާމުގައި ހުންނެވި އަލީ ހާޝިމް އެ މަގާމުން ވަކި ކުރެއްވުމުގެ މައްސަލަ ހުށަހެޅުއްވީ މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމެވެ.
އެ މައްސަލަ ހުށަހަޅުއްވަމުން ނާޒިމް ވިދާޅުވެފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާ ކުރެއްވި ދުވަހުން ފެށިގެން ހިނގާދިޔަ މުއްދަތުގެ ތެރޭގައި އިގްތިސޯދީ ކަންކަމުގައި ގަވަރުނަރު އަލީ ހާޝިމް ސަރުކާރަށް ލަފާ ދީފައި ނުވާ ކަމަށެވެ. އަދި އެމްއެމްއޭ އިން ހަރުދަނާ މަސައްކަތްތަކެއް [އިގްތިސޯދު ރަނގަޅު ކުރުމަށް] ކޮށްފައި ނުވާ ކަމަށެވެ.
އެހެންކަމުން ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ގަވަރުނަރުކަމުން އަލީ ހާޝިމް ވަކި ކުރުމަށް ރައީސަށް ލަފާ އަރުވަން ފާސްކުރަން ފެންނަ ކަމަށް 63 މެންބަރަކު ވަނީ ވޯޓު ދެއްވަވައިފައެވެ.
ރައީސް އޮފީހުން މިއަދު ބުނީ ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކި ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލީހުން ލަފާ ދެއްވާފައިވާ ގޮތަށް އެ މަގާމުން އަލީ ހާޝިމް ވަކި ކުރައްވާފައިވާ ކަމަށެވެ.
އަދި އެ މަގާމަށް އަހްމަދު މުނައްވަރު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން، އެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މުނައްވަރަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ ފަހުކޮޅު ފިނޭންސް މިނިސްޓަރުގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. އަދި މިހާރު އެމަނިކުފާނު ހުންނެވީ އެޑްވައިޒާ ޓު ދަ މިނިސްޓާ އޮފް ފައިނޭންސްގެ މަގާމުގައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ