ޑިޕްލޮމެޓިކް ޕާސްޕޯޓް ދޭން ފެންނަނީ ސިޓީތަކުގެ މޭޔަރުންނާއި އަތޮޅު ކައުންސިލްތަކުގެ ރައީސުންނަށް އެކަނި ކަމަށް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ކައުންސިލްތަކުގެ މެމްބަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓާއި އޮފިޝަލް ޕާސްޕޯޓް ދިނުމުގެ މަސައްކަތް ސަރުކާރުން މިހާރު ދަނީ ކުރަމުންނެވެ. އަދި އެކަމަށް އިމިގްރޭޝަނާ އެކު މަޝްވަރާ ކުރަން ވަނީ ނިންމައިފައެވެ.
މިނިސްޓަރު އާދަމް ޝަރީފް "ހަތާވީސް"އަށް ވިދާޅުވީ ހުރިހާ ކައުންސިލަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ދޭން މަސައްކަތް ކުރާ ކަމަށް އާންމުންނަށް ހީވެފައި އޮތް ނަމަވެސް އޭނާގެ ވިސްނުމަކީ ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި އަތޮޅު ކައުންސިލްތަކުގެ ރައީސުންނަށް އެކަނި ޑިޕްލޮމެޓިކް ޕާސްޕޯޓް ދިނުން ކަމަށެވެ. އެއީ އެ ބޭފުޅުންނަކީ ވަރަށް ބޮޑު އާބާދީއެއް ތަމްސީލު ކުރާ ބޭފުޅުންނަށް ވާތީ އެ މަގާމުގެ ހައިބަތަށްޓަކައި ވެސް އެއީ ކުރުން މުހިންމު ކަމެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ ބޭފުޅުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ދިނުމަކީ އެ ޕާސްޕޯޓްގެ ހައިބަތާއި ދަރަޖަ ގެއްލޭނެ ކަމެއް ނޫން. އޭގެ ބަދަލުގައި އަޅުގަނޑު ދެކެނީ އެއީ ރައްޔިތުންގެ އެހާ ބޮޑު އާބާދީއަކުން ހޮއްވަވާފައި ތިބި ބަޔަކަށް ވީމަ އެކަށީގެންވާ މަގާމެއް ދެވެނީ ކަމަށް. އެއީ އަޅުގަނޑު މި ހުށަހަޅާ ގޮތަކީ." އާދަމް ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހުރިހާ ރަށެއްގެ ކައުންސިލް މެމްބަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ދިނުމުގެ ވިސްނުމެއް ނެތެވެ. އަދި އެކަމުގައި ރައްޔިތުންގެ ކަންބޮޑުވުންތައް ހުރިގޮތަށް ސަރުކާރުން ރިއާޔަތް ކުރާނެ ކަމަށާއި އެކަން ރައްޔިތުން ބަލައިގަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ގިނަރައްރަށުގައި ކައުންސިލަރުންއެކަށީގެންވާގޮތަށްމަސައްކަތެއްނުކުރޭ ދެންތިޔަފަދަ ފަޚުރުވެރިވާކަންތައްކޮށްދިނުމުން ބޮޑާވެ ކިބުރުވެރިވުން ނޫންކަމެއް ނުވާނެ(ތިޔައީކުރަންހެޔޮވާވަރުގެކަމެއްނޫން
އިއްބެ