ޔޫރަޕް ކޮލިޓީގެ ބޭސް ހެޔޮއަގުގައި ރާއްޖެއިން ލިބޭނެ ގޮތް ހެއްދެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް މި ސަރުކާރުން ބުނެފައިވީނަމަވެސް އެއީ ކަނޑައެޅިގެން ދޮގެއްކަން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
އަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރި ފޮޓޯ ހިއްސާކުރައްވާފައެވެ. އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރީ އަމީރެވެ.
އޭނާ ވިދާޅުވީ މިއީ ދޮގާއި މަކަރާއި އޮޅުވާލުމުގެ ސަރުކާރެއްކަން އެންމެނަށް ވެސް އެނގޭ ކަމަށެވެ. ޔޫރަޕް ކޮލިޓީގެ ބޭސް ހެޔޮ އަގުގައި ރާއްޖެއިން ލިބޭނެ ގޮތް މަގުފަހިކުރުމަށް ޔޫއެންޑީޕީ އާއެކު ބަލްކް ޕްރޮކިއުމެންޓްގެ ތެރެއިން ބޭސް ގަންނަން ސޮއި ކުރީ "ކުރީ ސަރުކާރުން" މިދިޔަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހު ކަމަށް އަމީރު ވިދާޅުވިއެވެ.
އެ އެއްބަސްވުމުގެ ސަބަބުން ކޮލިޓީ ބޭސް ލިބުމުގެ އިތުރުން, ބޭހަށް ކުރެވޭ ހަރަދުވެސް އެތައް ގުނައަކުން ކުޑަވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީ ސަރުކާރުން އެ އެއްބަސްވުމުގައި ސޮއިކުރި ވާހަކަ އޭރު އެކި ނޫސްތަކުގައި ރިޕޯޓްކޮށްފައިވާކަން މިއަދު ވެސް ފެންނަން ހުރިކަން ފާހަގަކުރައްވައި އަމީރު ނޫސްވެރިގެ ކިބައިން އެދިވަޑައިގަތީ ހަގީގަތް ނޯޅޭނެ ގޮތަށް ޚަބަރު ގެނެސްދިނުމަށެވެ.
ޔޫރަޕް ކޮލިޓީގެ ބޭސް ވަރަށް ހެޔޮއަގުގައި ރާއްޖެއިން ލިބޭނެ ގޮތް ހެދުމަކީ ރައީސް މުއިއްޒު ވަރަށް އިސްކަމެއް ދެއްވައިގެން ކުރެއްވި ކަމަށް ބުނެ މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި އެކި ބޭފުޅުން އަންނަނީ ޝުކުރާއި ތައުރީފްގެ މެސެޖުތައް ރައީސް މުއިއްޒަށް އަރިސްކުރަމުންނެވެ.
ރައީސް މުއިއްޒު އެ ކުރެއްވީ އެމްޑީޕީ ސަރުކާރަށް ކުރަން ނުކެރުނު ކަމެއް ކަމަށް ވެސް ޕީޕީއެމް، ޕީއެންސީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުން އަންނަނީ ބުނަމުންނެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫންކަން ހެއްކާއެކު އޭރު އެކަން ކުރުމުގައި އެންމެ އިސްކޮށް އުޅުއްވި މިނިސްޓަރު އެ ވަނީ ވިދާޅުވެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ