އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އެންގުމަށް ރައީސް އޮފީހުން އަމަލު ނުކުރި މައްސަލަ ތަހުގީގު ކުރަން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުން ފުލުހުންނަށް ފޮނުވައިފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ރައީސް އޮފީހުން ބައެއް މައުލޫމާތު ހާމަކުރަން 2022 ވަނަ އަހަރު އެންގި އެންގުމަކަށް އެ އޮފީހުން އަމަލު ކޮށްފައި ނުވާތީ އެ މައްސަލަ ޕީޖީއަށް ފޮނުވީ އައިކޮމުންނެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ އެ މައްސަލާގެ ޖިނާއީ ތަހުގީގު ހިންގުމަށް ފުލުހުންނަށް ފޮނުވާފައިވާނެ ކަމަށެވެ. އަދި ތަހުގީގު ހިނގަމުންދާ ގޮތް ގާތުން ބަލާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އެކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ އެ މައްސަލައަކީ ކުރީގެ ސަރުކާރުގެ ދުވަސްވަރު ރައީސް އޮފީހުން އަމަލުކުރި ގޮތާ ބެހޭ މައްސަލައެއް ކަމަށެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ބުނެފައިވާ ގޮތުންއިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަކާ މެދު އިސްތިއުނާފުނުކޮށް، އަދި އެ ނިންމުމަށް އަމަލު ވެސް ނުކޮށް ވަނިކޮށް 45 ދުވަސް ފާއިތުވެއްޖެ ނަމަ، އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލަ ޝަރުއީ ކޯޓަށް ފޮނުވުމަށް އެދި، ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ހުށަހެޅޭނެ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ