އަވަށްޓެރި އިންޑިއާގެ ބަޖެޓުން މީގެކުރިން ރާއްޖެ އަށް ދެމުން ދިޔަ އެހީ ކުޑަ ކުރުމަށް، އެގައުމުގެ އައު ބަޖެޓުގައި ހިމަނައިފިއެވެ.
އިންޑިއާގެ ނޫސްތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި އިންޑިއާގެ "ނެއިބާހުޑް ފަސްޓް" ސިޔާސަތުގެ ދަށުން 2024-25 ވަނަ އަހަރުގެ ޔޫނިއަން ބަޖެޓުގައި ތަރައްގީގެ އެހީގެ އެންމެ ބޮޑު ބައެއް ކަނޑައަޅާފައި ވަނީ ބޫޓާނަށެވެ. އެއީ 2،068 ކްރޯޑް ރުޕީސް އެވެ.
މިދިޔަ އަހަރު ރާއްޖެއަށް ލިބުނު 770 ކްރޯޑް ރުޕީސް އިން މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައި 400 ކްރޯޑް ރުޕީސްއެވެ. މިއީ ވަރަށް ބޮޑު ދަށްވުމެކެވެ.
ފާއިތުވި އަހަރުތަކުގައި އިންޑިއާއަކީ ރާއްޖެއަށް އެންމެ ބޮޑު އެހީއެއް ފޯރުކޮށްދެމުން ދިޔަ ގައުމެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިންޑިއާ އިން ވަނީ ދިފާއީ ދާއިރާ އާއި ތައުލީމީ އަދި ސިއްހީ ދާއިރާގެ އިތުރުން އުމްރާނީ ދާއިރާތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. މިހާރުވެސް ރާއްޖޭގައި އިންޑިއާގެ އެހީގައި ހިންގަމުން އަންނަ މަޝްރޫއުތަކުގެ މަސައްކަތްތައް ދަނީ ކުރިޔަށެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 2018ވަނަ އަހަރު އިންޑިއާގެ ބަޖެޓުން 2.1 ޕަސެންޓު ރާއްޖެ އަށް ކަނޑައެޅިއިރު 2019 އިން ފެށިގެން 2023-24ގެ ބަޖެޓާ ހަމައަށް އެ އަދަދު ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. އެގޮތުން 2023-24ގެ ބަޖެޓުގެ 6.84 ޕަސެންޓު ރާއްޖެ އަށް އިންޑިއާ އިން ވަނީ ކަނޑައަޅައިފައެވެ.
އިންޑިއާ އިން ރާއްޖެ އަށް ދޭ އެހީ ކުޑަ ކޮށްފައި މިވަނީ މި ސަރުކާރު ވެރިކަމަށް އައިތާ ކައިރީގައި ސަރުކާރަށް ނިސްބަތްވާ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ބަދުބަސް ބުނި މައްސަލާގައި ދެގައުމުގެ ގުޅުމަށް ހީނަރުކަން އައިސްފައި ވަނިކޮށެވެ.
އެ ގުޅުން ހަރުދަނާ ކުރުމަށް ދެގައުމުގެ އިސްވެރިން ވެސް ބައްދަލުކޮށް މަޝްވަރާ ކޮށްފައިވާއިރު ތިންވަނަ ދައުރަކަށް މޯދީ ބޮޑުވަޒީރު ކަމަށް ހުވާ ކުރަން އޮތް ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި މޯދީއާ ބައްދަލުކުރައްވާ ދެގައުމުގެ ގުޅުން ހަރުދަނާ ކުރުމަށް މަޝްވަރާ ކުރެއްވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ