އއ. ތޮއްޑޫ، ދޮން މޫނިމާގެ އަލީ ރައީފް އަކީ އޯޓިޒަމްގެ އެންމެ މަތީ ލެވަލް ހުންނަ ކުއްޖެކެވެ. ނަމަވެސް ކީރިތި ގުރުއާނާ މެދު އޮތް ލޯތްބަކާއި ގުރުއާން ކިޔެވުމާއި ހިތުދަސް ކުރުމަށް އޮތް ޝައުގެއްގެ ބޮޑު ކަމުން އެ މަސައްކަތް އޭނާ ފެށިއެވެ.
މިއަދު އޭނާ އަކީ 500 ހާފިޒުންގެ ޕްރޮގްރާމުގައި ގުރުއާން ހިތުދަސްކޮށް ނިންމައި ގުރުއާން ހިތުދަސް ހާފިޒެކެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވަނީ ރައީފް އާއި އޭނާގެ އާއިލާއާ ބައްދަލުކުރައްވާއެވެ. އެއަށްފަހު އެކްސްގައި ހާއްސަ ޕޯސްޓެއް ކުރެއްވިއެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ 500 ހާފިޒުންގެ ޕްރޮގްރާމްގައި ގުރުއާން ހިތު ދަސްކުރަން ފެށި ރައީފް، 9 އަހަރުން ގުރުއާން ހިތުދަސްކޮށް ނިންމައި މި އަހަރު ފެބްރުއަރީ މަހު އެއްވެސް ކުށެއް ނުޖެހި 14 ދުވަހުން، ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ހާފިޒުން އިމްތިހާނު ކޮމިޓީއަށް ހިތުން ކިޔައިދީ، ފާސްވެފައި ވަނީ އެއްވަނަ ދަރަޖައިގައި ހާފިޒްކަމުގެ ސަނަދު ހޯދައިގެން ކަމަށެވެ.
"އޭނާއަކީ އާދަޔާ ހިލާފު ހާފިޒެއް. ދަސްކޮށްފައި އާޔަތްތައް އެކަންޏެއްނޫން. އޭނާ ދަސްކޮށްފައިވަނީ އާޔަތުގެ ނަމްބަރާ ވެސް އެކުގަ. މިފަދަ ކުދިންނަކީ އޮޓިސްޓިކް ކުދިންނޭ ބުނަނީ ކީއްވެބާއެވެ،" ޝަހީމް ވިދާޅުވިއެވެ.
ރައީފްއާއެކު ވަގުތުކޮޅެއް ހޭދަ ކުރެއްވި މިނިސްޓަރު ވިދާޅުވީ އެމަނިކުފާނަށް ރައީފްގެ ފަރާތުން އެފަދަ އެއްވެސް އައިބެއް ފާހަގަނުކުރެވޭ ކަމަށެވެ.
"ކީރިތި ޤުރުއާންގެ ސަބަބުން އޭނާގެ ސުލޫކަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް އައިސްފައިވާކަން ވަނީ ފާހަގަވެފައި. ވަރަށް އަދަބުވެރި އަހުލާގު ރަނގަޅުކަން ފާހަގަވި. މިއީ މާތް ރަސްކަލާނގެ ދެއްވާ ނިއުމަތެވެ،" ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ރައީފް އެންމެ ބޮޑަށް ބޭނުން ވަނީ އުމްރާ ދަތުރެއް ކަމަށާއި އެ އުއްމީދު އޭނާ އަށް ހާސިލް ކޮށްދޭނީ އިސްލާމިކް މިނިސްޓްރީން ކަމަށެވެ. މިނިސްޓަރު ވަނީ ރައީފްގެ މައިންބަފައިންނަށް ހިތްވަރު ދެއްވާފައެވެ. އަދި ވިދާޅުވީ ރަޢީފް ގުރުއާން ދަސްކޮށްފައި ވަނީ ވަޒީފާއެއްގައި ވެސް އުޅެމުން ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ