ކުރީގެ ނައިބު ރައީސް އަދި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ (އެމްއައިއެފްއެސްއޭގެ) ގެ ޗެއާޕާސަން ޖިހާދުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ކްރިމިނަލް ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.
ފުށިދިއްގަރުފަޅު ސްޕެޝަލް ޓުއަރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ޖެނުއަރީ، 2013، ގައި ފިނޭންސް މިނިސްޓަރަކަށް ހުންނަވައި ޖިހާދު ސޮއި ކުރެއްވި މައްސަލާގައި ދައުލަތުން ކުރީ ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ އެވެ.
އެއީ ސަރުކާރުގެ ލަފައާ ހިލާފަށް ސަރުކާރުގެ ހިއްސާ މަދުން އޮންނަ ގޮތަށް ބޭރުގެ ކުންފުންޏަކާ އެކު ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި ސޮއިކުރި މައްސަލާގަ އެވެ.
ކްރިމިނަލް ކޯޓުން މިއަދު ނިންމި ނިންމުމުގައިވަނީ އެންޓި ކޮރަޕްޝަން (އޭސީސީ) އިން ތަހުގީގުކޮށް ނިންމާފައިވާ މައްސަލައެއް ރިޔާސީ ކޮމިޝަނަކުން އަލުން ތަހުގީގު ކުރިއިރު, އޭގެ ސަބަބެއް ބުނެނުދެވޭ ކަމަށެވެ. އަދި ތަހުގީގު ބިނާކޮށްފައިވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަހަށް ކަމަށް ވާއިރު, އޭނާގެ ބަހުގެ ތެދުކަމާ މެދު ޝައްކު އުފެދޭއިރު ވެސް އެކަން ތަހުގީގުގައި ބަލާފައިނުވާ ކަމަށް އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ އެ ނިންމުމުގައި ތަހުގީގު އިންސާފުވެރިނުވާތީ އެ ތަހުގީގުގެ މައްޗަށް ބިނާކޮށް ކުރާ ދައުވާ ވެސް ގޯސްވާނެތީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމީ ކަމަށެވެ.
ނައިބު ރައީސަކަށް ޖިހާދު ހުންނެވިއިރު ދިރިއުޅުއްވި ރެހެންދި-3 ފްލެޓް މަގާމުގެ ދައުރު ހަމަވުމަށްފަހު ވެސް ބޭނުންކުރި މައްސަލާގައި 1.1 މިލިއަން ރުފިޔާ ހޯދަން ދައުލަތުން ދައުވާކުރި އެވެ. މައްސަލަ ވެސް އޮތީ އަނބުރާ ގެންގޮސްފަ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ