މާލެ ސަރަހައްދުގެ ބްރިޖާއި ހައިވޭތައް ބޭނުންކުރާ އުޅަނދުތަކުން ޓޯލް ފީއެއް ނެގުމަށް ރޭ ބޭއްވި "މާލެ ފަހި" ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ޖަލްސާގައި އިއުލާން ކުރި ނަމަވެސް ރައްޔިތުންގެ ހާލަތު މަތި ނުވަނީސް ބްރިޖުން ޓޯލް ފީ ނުނަގާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލެ ސަރަހައްދުގެ ބްރިޖާއި ހައިވޭތައް ބޭނުންކުރާ އުޅަނދުތަކުން ޓޯލް ފީއެއް ނެގުމަށް ނިންމި ހަބަރާއެކު ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. އަދި ރިޔާސީ އިންތިހާބުގެ ދުވަސްވަރު އޭރު އެމްޑީޕީން ވެސް ވަނީ ރައީސް މުއިއްޒުގެ ވެރިކަމެއްގައި ބްރިޖުން ޓޯލް ފީ ނަގާނެ ކަމަށް ތުހުމަތުކޮށް ވާހަކަދައްކައިފައެވެ. ނަމަވެސް އޭރުވެސް ރައީސް ވަނީ އެކަން އެގޮތަށް ނުކުރައްވާނެ ކަމަށާއި އެއީ ދޮގު ހަބަރެއް ކަމަށް ވިދާޅުވެފައެވެ.
މިއަދުވެސް ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ބްރިޖުން ޓޯލް ފީ ނެގުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ ރޭގައި އިއުލާން ކުރެވުނު "މާލެފަހި" ޕްލޭންގައި ޓޯލް ނެގުމާމެދު ދިރާސާއެއް ކުރުމަށް ހިމަނާފައި ވަނީ ފަންނީ ލެވެލްގައި އެކަމުގެ ލަފާ އެމަނިކުފާނަށް އެރުވުމުގެ ނިޔަތުގައި ކަމަށެވެ.
"އެގޮތުން ލިބޭ ފަންނީ ލަފާގައި ޓޯލް ނަގަން ހުށަހެޅުން އަޔަސް، މާލެ ސިޓީގެ މަގުތައް އެއްކޮށް ރަނގަޅު ފެންވަރަކަށް ހަދާ ނިމުމުގެ ކުރިން އަދި އެކަށީގެންވާ މިންވަރަކަށް ޕާކިންގެ މައްސަލަ ހައްލުވުމުގެ ކުރިން، އަދި ގައުމާއި ރައްޔިތުންގެ އިގްތިސޯދީ ހާލަތު އެކަށީގެންވާ ފެންވަރަކަށް މަތިވުމުގެ ކުރިން ޓޯލް ނަގަން ނުފަށާނެ ކަމުގެ ޔަގީންކަން އަރުވަން،" ރައީސް ވިދާޅުވިއެވެ.
ރޭގެ ހަފްލާގައި ދެއްކި ވީޑިއޯ ރިޕޯޓެއްގައި ބުނީ "ޓޯލް ފީ" ތައާރަފް ކުރުމަކީ އެ ޕްލޭންގައި ހިމެނޭ މުހިއްމު ކަމެއް ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ބްރިޖާއި ހައިވޭ ފަދަ ތަންތަން ބެލެހެއްޓޭނީ އެފަދަ ފީއެއް ނަގައިގެން ކަމަށް ވީޑިއޯ ރިޕޯޓުގައި ބުނެފައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ