އއ. ރަސްދޫގައި ހަށިވިއްކަމުންދިޔަ ކަމަށް ބުނާ މަސާޖު ޕާލާއެއް ބަންދުކޮށް، ބިދޭސީ ދެ އަންހެނުންނާ އެކު، ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އިކޮނަމިކް މިނިސްޓްރީގައި ރަޖިސްޓްރީނުކޮށް، ރަސްދޫ، ޝާހިލްގޭގައި "ބްލޫ ވެލި ސެލޫން އެންޑް ސްޕާ"އެއް ހިންގާކަމުގެ ރިޕޯޓް ރޭ 11:30 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެތަނުގައި ބިދޭސީން ބޭނުންކޮށްގެން ހަށިވިއްކާކަމުގެ ޝަކުވާ ވެސް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"މި މައްސަލައާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން، ބްލޫ ވެލި ސެލޫން ބަލާއިފާސްކޮށް، ހަށި ވިއްކާކަމުގެ ތުހުމަތުގައި އުމުރުން 42 އަހަރުގެ އަދި 27 އަހަރުގެ ބިދޭސީ ދެ އަންހެނުންނާއި 28 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައިވެއެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ހަށިވިއްކާ ތަންތަން ދެނެގަނެ، އެތަންތަން ބަންދުކުރުމުގެ މަސައްކަތް ފަހަކަށް އައިސް ސަރުކާރުން ވަނީ ފަށާފައެވެ. ފާހިޝް އަދި ނަހަމަ ޖިންސީ އަމަލުތަކަށް ހިތްވަރު ލިބޭ ވެބްސައިޓުތައް ވެސް ސަރުކާރުން ވަނީ ބަންދުކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ