ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނުދީ ހިފެހެއްޓި މައުލޫމާތެއް ދޫކުރުމަށް ބަންޑާރަ ނާއިބުގެ އޮފީހުން ރައީސް އޮފީހަށް އެންގުމާއެކު އެ މައުލޫމާތުތައް އެ އޮފީހުން ދޫކޮށްފިއެވެ.
މި މައްސަލަ އަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ރައީސްކަމުގައި އެމަނިކުފާނު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކުގެ ރިސިޓްތައް ހާމަ ކުރުމަށް ކުރީގެ ނޫސްވެރިޔާ އަދި ހިތަދޫ މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު އަޒާން މަރުޒޫ ހުށަހެޅި މައްސަލައެކެވެ.
އެ މައުލޫމާތުތައް ހާމަ ކޮށްފައި ވަނީ ވެސް އަޒާނެވެ. އަޒާން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ ރައީސް ސޯލިހު ރައީސް ކަމުގައި ހުންނެވިއިރު އެމެރިކާ އަށް ކުރެއްވި ދަތުރުފުޅުގެ ރަސީދުތައް ލިބިފައިވާ ކަމަށެވެ. އެއީ 2021 ވަނަ އަހަރު އޭނާ ހޯދަން އެދުނު މައުލޫމާތެއް ކަމަށާއި ނަމަވެސް އެ ރަސީދުތައް ހާމަ ކުރެއްވީ ރައީސް މުއިއްޒު ގެންގުޅުއްވާ ދެފުށް ފެންނަ ސިޔާސަތުގެ ދަށުން ކަމަށް އަޒާން ވިދާޅުވިއެވެ.
އދ. ގައި ތަގްރީރު ކުރެއްވުމަށް 2022 ވަނަ އަހަރު އިބޫ އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުމަށް ހައި ކޯޓުން މިދިޔަ އަހަރު ވަނީ ތާއީދުކޮށްފަ އެވެ.
އެ މައްސަލަ އިސްތިއުނާފްކުރަން ކުރީގެ ސަރުކާރުގެ ދުވަސްވަރު ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުގައި މިދިޔަ ހަފްތާގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އިބޫގެ ދަތުރުފުޅަށް ކުރި ހަރަދުގެ ރިސިޓްތައް ހާމަކުރަން ޖެހޭނެ ކަމަށް ހައި ކޯޓުން ނިންމުމަކީ ގާނޫނާ އެއްގޮތަށް ނިންމި ނިންމުމެއް ނޫން ކަމަށެވެ.
އަދި މައުލޫމާތެއް ހާމަ ކުރާއިރު ކޮންމެހެން ރިސިޓްތައް ދޭކަށް ނުޖެހޭނެ ކަމަށާއި އަދި ރިސިޓްތަކުގައި ހުރި މައުލޫމާތުތައް އެހެން ލިޔުމެއްގައި ވެސް ފޯރުކޮށް ދެވިދާނެ ކަމަށް ދައުލަތުން ބުންޏެވެ. އަދި ދައުލަތުން އެދުނީ ހައި ކޯޓުން ކުރިން ނިންމާފައިވާ ނިންމުން ބާތިލްކޮށް ދިނުމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ