ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މުރައިދޫގެއަށް ދިރިއުޅުން ބަދަލުކުރައްވައިފި އެވެ.
މަޖިލީހުގެ އިދާރާ އިން ބުނީ އެގެއަށް މަޖިލީހުގެ ރައީސް ބަދަލުވެވަޑައިގަތީ އިއްޔެ ކަމަށެވެ.
މުރައިދޫގޭގައި އެންމެފަހުން ދިރިއުޅުއްވީ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނު އެގޭގައި ދިރިއުޅުއްވީ ބޮމުގެ ހަމަލާއަށްފަހު އެމަނިކުފާނަށް ނުރައްކަލެއް އޮތް ކަމަށް ބެލެވޭތީ ސަލާމަތީ ސަބަބުތަކަށްޓަކަ އެވެ.
ނަޝީދު މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމުން ދެން މަޖިލީހުގެ ރައީސް ކަމަށް ވަޑައިގެންނެވި މުހައްމަދު އަސްލަމް އެގޭގައި ދިރިއުޅުއްވާފައެއްނުވެ އެވެ.
އަބްދުއްރަހީމް މުރައިދޫގެއަށް ބަދަލުވެވަޑައިގަތުމަށް އެތަން ވަނީ މަރާމާތު ކޮށްފަ އެވެ.
އަބްދުއްރަހީމް މުރައިދޫ ގެއަށް ބަދަލުވެވަޑައިގަތްއިރު، އޭނާ އާއި އަނބިކަނބަލުން ބޮޑު އަގުގައި ބައްލަވައިގަތް ރެހެންދި ދެ ފްލެޓް އެބަހުއްޓެވެ.
ދައުލަތުގެ މާލީ ހާލަތު ދަށްވެ ހަރަދުތައް ކުޑަކުރަން ސަރުކާރުން ގޮވާލާ މި ދަނޑިވަޅެއްގައި ދައުލަތުން ބޮޑު ހަރަދެއް ކޮށްގެން މަޖިލީހުގެ ރައީސް ދިރިއުޅުއްވުމުގެ ކަންކަން ބަލަހައްޓާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ