ރާއްޖޭގެ ޓެކްނޮލޮޖީގެ ދާއިރާއަށް ހިދުމަތްތަކެއް ކުރައްވައި، އެ ދާއިރާގެ ސިޔާސަތުތައް ރޭވުމުގައި މުހިއްމު ދައުރެއް އަދާ ކުރެއްވި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު ހއ. އިހަވަންދޫ، ވައިޖެހޭގެ ހާމިދު ޝަފީއު އަވަހާރަވެއްޖެއެވެ.
ޝަފީއު ނިޔާވީ މިއަދު ހެނދުނުގެ އިންޑިއާގައެވެ. ގިނަ ބައެއްގެ މެދުގައި މަގުބޫލު ޝަފީއު އަވަހާރަވުމާ ގުޅިގެން، ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދަނީ ހިތާމަފާޅުކުރަމުންނެވެ.
މަޑުމައިތިރި މިޒާޖެއްގެ ޝަފީއު ވަކިވެދިއުމާ ގުޅިގެން އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު "އެކްސް"ގައި ވަނީ ޕޯސްޓެއް ކުރައްވާފައެވެ.
ޝަފީޢު ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ ކޮލެޖް އޮފް ލަންޑަންގައި ކޮމްޕިއުޓަރ ސައިންސްގެ ރޮނގުން ބެޗެލަރ އޮފް ސައިންސް (އޮނަރސް) ޑިގްރީއެއް ހާސިލު ކުރައްވާފައެވެ. އޭނާއަކީ ނުޓަނިކްސް ސަޕޯޓް ސްޕެޝަލިސްޓެއްގެ އިތުރުން ސިސްކޯ މެރާކީ ސަޕޯޓް ސްޕެޝަލިސްޓެކެވެ.
ޝަފީޢު ވަނީ އިންޓެލެކްސީ ނެޓްވަރކްސްގެ ސީނިއަރ އެންޓަރޕްރައިޒް ކޮންސަލްޓަންޓެއްގެ މަޤާމު ފުރުއްވާފައެވެ.
މީގެއިތުރުން 1998 އާއި 2007 އާދެމެދު ޙާމިދު ޝަފީޢު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިންފޮރމޭޝަން ޓެކްނޮލޮޖީ ޑިޕާޓްމަންޓުގައި މެނޭޖަރ ޓެކްނިކަލް ސަރވިސަސް ޔުނިޓް އަދި ޗީފް ނެޓްވަރކް އެޑްމިނިސްޓްރޭޓަރ އެއްގެ މަޤާމު ވެސް އަދާކުރައްވާފައެވެ.
ޖޭއެސްސީގެ މެންބަރުކަމުން ރިޒާ އިސްތިއުފާ ދެއްވައިފި
ގެއްލިގެން ހޯދަމުންދިޔަ ނޭޕާލް އަންހެން މީހާ ފެނިއްޖެ
ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ވަގަށް ނެގި ޑޮލަރުތައް ހޯދައިފ
އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން