ގެއަކަށް މީހަކު ވައްދައި، ބަރަހަނާކޮށް ފޭރުނު މައްސަލާގައި އަންހެނަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލާގައި ދިވެހި ދެ ފިރިހެނަކު ހައްޔަރުކޮށްފައި ވަނިކޮށް، 43 އަންހެނަކު ހައްޔަރުކުރީ މިއަދުއެވެ. އެ އަންހެން މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އެ އަންހެން މީހާ ބައިވެރިވެގެން ފޭރުމުގެ އެ އަމަލު ހިންގާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އެނގިފައިވާ ގޮތުގައި މަގުމަތިން ދިޔަ ފިރިހެނަކު ހުއްޓުވައި، އޭނާ ގެއަށް ވެއްދީ ގޭގައި "ބޮއްކެތް ހަރުކޮށްދެވިދާނެތޯ" އަހައި، އެކަމަށް އެހީތެރިވާން ދިއުމުންނެވެ.
ފުލުހުން ބުނީ ބިރު ދައްކައިގެން އެ މީހާގެ ކޭޝް ކާޑުގެ ޕިން ހޯދުމަށްފަހު، އެކައުންޓުގައިވާ ފައިސާ ފޭރުމު މައްސަލާގައި 26 އަހަރުގެ ފިރިހެނަކާއި 35 އަހަރުގެ ފިރިހެނަކު ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ފޭރުން ވަނީ އިތުރުވެފައެވެ.
އެގޮތުން ހުޅުމާލެ ހިޔާ ފްލެޓް "އެޗް5"ގެ އެޕާޓްމަންޓަކަށް މީހުން ގެންގޮސް، މަކަރާއި ހީލަތުން މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ވަނީ ފޭރިގެންފައެވެ. އެކަން ކުރީ ހަށި ވިއްކަން އުޅުނު ދިވެހި ދެ އަންހެނެކެވެ.
ފުލުހުން ބުނީ އެ ފްލެޓް ތެރޭގައި ގަދަކަމުން މީހުން ބަރަހަނާކޮށް ވީޑިއޯ ނަގައި ބްލެކްމެއިލް ކުރި މައްސަލާގެ ތުހުމަތުގައި ހަތް މީހަކު ހައްޔަރުކުރި ކަމަށެވެ. އެ ކަމުގައި އިސްކޮށް އުޅުނު ދެ އަންހެނުން ހިމެނޭ ގޮތަށް ފަސް ފިރިހެނެއްގެ ވަނަވަރު ފުލުހުން އާންމުކުރިއެވެ. ހައްޔަރު ކުރި ދެ އަންހެނުންގެ ތެރެއިން އެކަކު ބަލިވެ އިނުމުން، އޭނާ ވަނީ ބަންދުން ދޫކޮށްލާފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ