ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އަލުން ޝަރީއަތް ހިންގުމުގައި އެމަނިކުފާނާ ދެކޮޅަށް ހުށަހެޅި އާ ހެކިތައް ބަލައިގަނެވޭނެ ކަމަށް ބުނެ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ނެންގެވި ކަމަށް ބުނެ ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ހައި ކޯޓުން ބާތިލްކުރީ ޔާމީނާ ދެކޮޅަށް ދައުލަތުން ފަހުން ހުށަހެޅި އާ ހެކިތަކެއް ބަލައިނުގަނެވޭނެ ކަމަށް ނިންމުމަށް ފަހުއެވެ. އަދި އެ މައްސަލަ އަލުން ބެލުމަށް ހައި ކޯޓުން ދަށު ކޯޓަށް އަމުރުކުރިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ އާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ހައި ކޯޓުން ނިންމާފައިވާ ނިންމުމަކީ ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުންތަކާ ފުށުއަރާ ނިންމުންތަކެއް ކަމަށެވެ. އެހެންކަމުން އެ މައްސަލަ އިސްތިއުނާފް ކުރުމުގެ ހުއްދައަށް އެދި ސުޕްރީމް ކޯޓަށް މިދިޔަ ބުދަ ދުވަހު ހުށަހަޅާފައިވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
އެ މައްސަލާގައި އެދިފައި ވާނީ އެ ހެކިތައް ބަލައިގަތުމާ މެދު ދަށު ކޯޓުން އަލުން ގޮތެއް ނިންމަން ޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އަދި އެގޮތަށް އެދުނަސް, އެ މައްސަލަ އަލުން ބަލަން ޖެހޭނެ ކަމަށް ނިންމާފައިވާ ނިންމުމަށް ބަދަލެއް ނާންނާނެއެވެ.
ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ރިޝްވަތު ދިނުމުގައި ކުށުގައި ތިން އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. އެ ހުކުމް ވެސް ހައި ކޯޓުން ބާތިލްކޮށް، އެންގީ އެ މައްސަލަ އަލުން ބެލުމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
މިހާރު އަނެއްކާވެސް ތިހިފަނީ ޔާމީނު ކަރުގައި ކޮބާ އެމައްސަލައިގެ ދެންތިބަ މީހުން ބައެއްމީހުން ހުދުފޮތިކޮޅަކައްވީއިރު މިސަރުކާރުން ވެސް ހިފަނީ ހަމަ ޔާމީނުގެ ކަރުގައި ކޮބާ ނިހާނު އަދީބު އަދީބުގެ މައްސަލަ ވެސް އަލުން ބަލަން ނުޖެހޭ ތޯ
އާދަން ވަހީދު މާލެ