މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ އުސޫލުތައް ދައުލަތުގެ ކުންފުނިތަކުގެ މައްޗަށް ނުހިނގާނެ ކަމަށް ބުނެ އެމްޓީސީސީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ވެސް އެ ކުންފުންޏަށް މިއަދު ނާކާމިޔާބުވެއްޖެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި، ސަރުކާރުގެ ކުންފުނިތަކުގެ މައްޗަށް އެ ގާނޫނުގެ އުސޫލުތައް ހިނގާނެ ކަމަކަށް ބުނެފައި ނެތް ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރު އެކުލަވާލެއްވި މައުލޫމާތު ހޯދައި ލިބިގަތުމުގެ ގަވާއިދުގައި ސަރުކާރު ކުންފުނިތަކުގެ މައްޗަށް އެ ގާނޫނުގެ އުސޫލު ހިނގާނެ ކަމަށް ބުނެފައިވެ އެވެ.
އެމްޓީސީސީން ދައުވާކުރީ ގަވާއިދުގެ އެ މާއްދާއަކީ ގާނޫނާ ހިލާފު މާއްދާއެއް ކަމަށް ބުނެ، އެ މާއްދާ ބާތިލް ކުރުމަށެވެ. އެ މައްސަލާގައި ހައި ކޯޓުން ނިންމާފައި އޮތީ ގަވާއިދުގެ އެ ބައި ގާނޫނާ ހިލާފު ނޫން ކަމަށެވެ.
އެ ކުންފުނިން ބުނެފައިވަނީ ގާނޫނުގައި އެގޮތަށް ނެތީސް ސަރުކާރު ކުންފުނިތަކުގެ މައްޗަށް އެ ގާނޫނުގެ އުސޫލުތައް ނުހިންގޭނެ ކަމަށެވެ.
އެ މައްސަލަ އެމްޓީސީސީން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ދައުލަތުން އެހީ ލިބިގެންވާ ފަރާތްތަކުގެ މައްޗަށް އެ ގާނޫނުގެ އުސޫލުތައް ހިނގާނެ ކަމަށް ގާނޫނުގައި ބުނެފައިވާތީ އެކަން ތަފުސީލުކޮށް ދިނުމަށް ގަވާއިދުގައި އެފަދަ މާއްދާއެއް ހިމެނުމުގެ ބާރު އިންފޮމޭޝަން ކޮމިޝަނަރަށް އޮންނާނެ ކަމަށެވެ. އެހެންވެ، ގަވާއިދުގައި އެގޮތަށް ހިމެނުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ނުބެލެވޭ ކަމަށް ހުކުމުގައި ވެ އެވެ.
ނަމަވެސް ސަރުކާރު ކުންފުނިތަކުގެ މައްޗަށް އެ ގާނޫނުގެ އުސޫލު ހިނގާނެތޯ ބެލުމުގައި ސަރުކާރުގެ ކޮންޓްރޯލް އެ ކުންފުންޏެއްގެ މައްޗަށް އޮންނަ މިންވަރެއްގެ މައްޗަށް ރިއާޔަތް ކުރެވޭނެ ކަމަށް ހުކުމުގައިވެ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ