މާފަންނުގައި ހުރި ބޭނުންނުކުރާ ފަޅު އިމާރާތެއްގައި ރޯވެ، އަނދައިފިއެވެ.
ރޭ ފަތިހު 4 ޖަހަން އުޅެނިކޮށް، އަލިފާން ރޯވެފައި ވަނީ ސަރުކާރުގެ ކުރީގެ ޝިޕިން ކުންފުނި، މޯލްޑިވްސް ނެޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންއެސްއެލް)ގެ އިމާރާތުގައެވެ. ބޭނުންނުކޮށް، އެތައް ދުވަހެއްވެފައިވާ "އޯކިޑް ޕްލާޒާ" އިމާރާތުގައި ރޯވުމުން، މުޅި އިމާރާތަށް އޭގެ އަސަރުކޮށް، ކައިރި ގޭތަކަށް އެކަމުގެ ނުރައްކާ ބޮޑުވެދާނެތީ ގެތަކުން މީހުން ހުސްވެސް ކުރިއެވެ.
ނަމަވެސް ފަތިހު 5:30 އެހާކަންހާއިރު، ގެތަކުން ނެރުނު މީހުން ވަނީ އަލުން އަނބުރާ ގެއަށް ވައްދާފައެވެ.
ފަތިހު ރޯވި އަލިފާން އެމްއެންޑީއެފްގެ ފަޔާ ރެސްކިއު ޓީމުން ދެ ފަހަރެއްގެ މަތިން ކޮންޓްރޯލް ކުރިއެވެ. ނަމަވެސް ނަމަވެސް އެތަނުގެ އެތެރޭގައި ކުނި ޖަމާވެ، ދުވަސްވީ އާލާތްތައް ހުރުމުން، ދުންގަނޑު ކޮންޓްރޯލްނުވެ، އަލިފާން ދެ ފަހަރެއްގެ މަތިން ރޯވިއެވެ.
އެނގިފައިވާ ގޮތުގައި މި އިމާރާތަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ "އައްޑާ"އެކެވެ.
މިތަނުގައި މީގެ ކުރިން ދެ ފަހަރެއްގެ މަތިން އަލިފާން ރޯވިއެވެ.
އެ ހާދިސާއާ ގުޅޭ ގޮތުން "ހަތާވީސް"އާ ވާހަކައް ދައްކަވަމުން، މާފަންނު ދެކުނު ދާއިރާގެ މެމްބަރު ރިފާއު ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ވަދެ ނުކުމެ ހަދާ އިމާރާތަކަށް އެތަންވުމުން، އެކަމުގެ ޝަކުވާ ސަރުކާރުގެ އިދާރާތަކަށް މީގެ ކުރިން ކޮށްފައިވާނެ ކަމާށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ