މެލޭޝިއާގެ ޤައުމީ އެއަރލައިން، މެލޭޝިއާ އެއަރލައިންސްގެ ދަތުރުތައް އަލުން ދިވެހިރާއްޖެއަށް ފެށުމަށް ނިންމައިފިއެވެ.
މެލޭޝިއާ އެއަރލައިންސް އިން ފަށާ ދަތުރުތަކުގެ ފުރަތަމަ ފުލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު އެވެ.
ހަފްތާގެ ހަތް ދުވަހު ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ، މި އެއަރލައިން އިން ދިވެހިރާއްޖެއަށް ދަތުރުކުރުމަށް ބޭނުންކުރާނީ ބޮއިން 737- 800 މަކުރާގެ 174 ސީޓުގެ ފުލައިޓެކެވެ.
މެލޭޝިއާގެ ކުއަލަލަމްޕޫރް އިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުކުރާ ފުރަތަމަ ފުލައިޓަށް މަރުހަބާ ކިޔުމަށްޓަކައި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީހަމަޖެހިފައެވެ.
މި ރަސްމިއްޔާތުގައި ޓުއަރިޒަމް މިނިސްޓްރީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް(އެމް.އެމް.ޕީ.އާރް.ސީ) އަދި މެލޭޝިއާ އެއަރލައިންސްގެ އިސްބޭފުޅުންބައިވެރިވެވަޑައިގަންނަވާނެއެވެ. މެލޭޝިއާ އެއަރލައިންސް އިން ދިވެހިރާއްޖެއަށް އެންމެ ފަހުން ދަތުރު ކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ