ވޭތުވެދިޔަ އެމްޑީޕީ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އައިޝަތު އަލީ، މިނިސްޓަރު ކަމުގައި ހުންނެވިއިރު ބޭނުންކުރެއްވި އީމެއިލްގައި ހުރި، ހުރިހާ މެއިލެއް ފުހެލާފައިވާ މައްސަލައެއް ބަލަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ބޭނުން ކުރެއްވި ރަސްމީ އީމެއިލްގައިވާ ހުރިހާ މެއިލްތަކެއް 2023ވަނަ އަހަރުގެ ތެރޭގައި ފުހެލާފައިވާ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ފުލުހުންގެ ހިދުމަތަށް ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލަ ހުށަހަޅާފައި ވަނީ މި މަހުގެ 25ވަނަ ދުވަހު ކަމަށެވެ. އެހެންކަމުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.
އައިޝަތު އަލީ ވަނީ އެކަމަނާގެ ފޭސްބުކްގައި މީހަކު އެކަމަނާ މިނިސްޓަރު ކަމުގައި ހުންނެވިއިރު ބޭނުންކުރެއްވި އީމެއިލް އަށް ވަންނަން އުޅުނު ކަމަށް ވިދާޅުވެ، އޭގެ ސްކްރީން ޝޮޓެއް ހިއްސާ ކުރައްވާފައެވެ.
އަދި ވިދާޅުވީ އެ އީމެއިލް އަކީ 17 ނޮވެމްބަރު 2023 އިން ފެށިގެން ބޭނުން ކުރައްވާ އީމެއިލް އެއް ނޫން ކަމަށާއި އެ ދުވަހުގެ ފަހުން އެ އީމެއިލް މެދުވެރިކޮށް އެކަމަނާ އެއްވެސް މެއިލެއް އެއްވެސް މީހަކަށް ފޮނުވާފައި ނުވާނެ ކަމަށެވެ.
ޖޭއެސްސީގެ މެންބަރުކަމުން ރިޒާ އިސްތިއުފާ ދެއްވައިފި
ގެއްލިގެން ހޯދަމުންދިޔަ ނޭޕާލް އަންހެން މީހާ ފެނިއްޖެ
ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ވަގަށް ނެގި ޑޮލަރުތައް ހޯދައިފ
އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން