ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި، ސައިކަލުގައި މަޑުކޮށްގެން ހުރި ކަމާނުބެހޭ މީހާކަށް ބޮޑު އަނިޔާއެއް މިއަދު ވެއްޖެއެވެ.
ހުޅުމާލެ ވިނަރެސް ފްލެޓް ކައިރީގައި ހިނގި އެ އެކްސިޑެންޓުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. ވީޑިއޯއިން ފެންނަ ގޮތުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ، ކާރެއް ކޮންޓްރޯ ނުވެ، ގޮސް އަރާފައި ވަނީ މަގުގެ އެއް ފަރާތުގައި މަޑުކޮށްގެން އިން މީހެއްގެ ސައިކަލަށެވެ.
ކާރުން ޖެހި ސައިކަލުގެ މަތީގައި އިން މީހާ ބުރައިގެން، ވައިގެތެރެއަށް ވިއްސައިގެންދާ މަންޒަރު ވީޑިއޯއިން ފެނެވެ. އެ މީހާ ވިއްސައިގެން ގޮސް، ޖެހެނީ ޕޭވްމަންޓު މައްޗަށެވެ. ކާރު އެ ދިޔަ ބާރު މިނުގައި ގަހެއްގައި ޖެހި ގަސް ވެސް ވެއްޓޭ މަންޒަރު ވީޑިއޯއިން ފެނެއެވެ.
ފުލުހުން ބުނީ އެ ހާދިސާގައި އަނިޔާވި މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.
އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް