ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ބާރު ސްޕީޑުގައި ދުއްވާފައި ދިއުމުގެ ސަބަބުން ކޮންޓްރޯލުން ނެއްޓި ކާރު ދުއްވި މީހާ ފިލައިފިއެވެ.
ހުޅުމާލެ ވިނަރެސް ފްލެޓް ކައިރީގައި ހިނގި އެ އެކްސިޑެންޓުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. ވީޑިއޯއިން ފެންނަ ގޮތުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ، ކާރެއް ކޮންޓްރޯ ނުވެ، ގޮސް އަރާފައި ވަނީ މަގުގެ އެއް ފަރާތުގައި މަޑުކޮށްގެން އިން މީހެއްގެ ސައިކަލަށެވެ.
ފުލުހުން މިއަދު ބުނީ އެ ހާދިސާގައި އަނިޔާވި މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ބުނީ އެ ކާރު ދުއްވި މީހާ ފިލާފައިވާ ކަމަށާއި އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކާރުން ޖެހި ސައިކަލުގެ މަތީގައި އިން މީހާ ބުރައިގެން، ވައިގެތެރެއަށް ވިއްސައިގެންދާ މަންޒަރު ވީޑިއޯއިން ފެނެވެ. އެ މީހާ ވިއްސައިގެން ގޮސް، ޖެހެނީ ޕޭވްމަންޓު މައްޗަށެވެ. ކާރު އެ ދިޔަ ބާރު މިނުގައި ގަހެއްގައި ޖެހި ގަސް ވެސް ވެއްޓޭ މަންޒަރު ވީޑިއޯއިން ފެނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ