ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް އިސްމާއީލް ހަބީބު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ހަބީބު އެ މަގާމަށް އައްޔަން ކުރަން ފެން ކަމަށް އިއްޔެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ވެސް ވަނީ ފާސްކޮށްފައެވެ. އޭނާ އަށް ވަނީ 74 ޕަސެންޓަށްވުރެ މަތީން މާކުސް ލިބިވަޑައިގެންފައެވެ.
އެހެންކަމުން މިއަދު އޮތް މަޖިލިސް ޖަލްސާގައި ކޮމިޓީން ނިންމި ގޮތަށް، ހަބީބް އެޗްއާރްސީއެމް އަށް އައްޔަން ކުރަން ފާސްކުރީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 74 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
އެޗްއާރްސީއެމް އަށް އައްޔަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ ފޮނުއްވީ ހަމައެކަނި ހަބީބުގެ ނަންފުޅު އެކަންޏެވެ. ހަބީބު އެންމެ ފަހުން ހުންނެވީ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ނާއިބު ރައީސް ކަމުގެ މަގާމުގައެވެ.
އެކާވީސް އަހަރު ދުވަހު އިލެކްޝަންސް ކޮމިޝަނުގައި މަސައްކަތް ކުރެއްވި ހަބީބް އެ ކޮމިޝަނުން ވަކިވެވަޑައިގަތީ މިދިޔަ މާޗު މަހުގެ 13ވަނަ ދުވަހުއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ހަޔާތެއް މިނިވަން މުވައްސަސާތަކުގަ
ހަބީބްބެމިއީ ދައުލަތުގެ މިނިވަން މުއައްސަސާތަކުން ބޮޑު މުސާރަ ދީގެން ކާންދޭ ޖެހޭ ހުރިހާ ވެރިންނަށް ސަނާ ކިޔާ ހިހޫ ތަނުން ލައިގެން އުޅޭ މީހެއްގެ ދޯ
ޖަނާބު