ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުން ރާއްޖެއިން ކުށްވެރި ކޮށްފިއެވެ.
ހަނިއްޔާ އަވަހާރަ ކޮށްލީ އީރާނުގައި ހުންނަވަނިކޮށް ދިން ހަމަލާއެއްގައެވެ. މިކަމާއި ގުޅިގެން ހާރިޖީ ވުޒާރާ އިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ހަނިއްޔާ އަވަހާރަ ކޮށްލުމަށް ދިން ހަމަލާ ރާއްޖެ އިން ކުށްވެރި ކުރާ ކަމަށެވެ.
އެ ބަޔާނުގައި ބުނީ ވީ އެންމެ އަވަހަކަށް ގާޒާގައި ސުލްހަ ގާއިމްކުރެވޭނެ ގޮތަކަށް ގައުމުތަކުން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލާ ކަމަށެވެ.
ހަނިއްޔާ އަވަހާރަ ކޮށްލީ އިޒްރޭލުން ކަމަށް ހަމާސް އަދި އީރާނުން ވެސް ވަނީ ބުނެފައެވެ. އަދި އެކަމުގެ ބަދަލުވެސް ހިފާނެ ކަމަށް ބުނެފައިވެއެވެ.
ހަނިއްޔާ އަވަހާރަ ކޮށްލީ އީރާނުގެ އައު ރައީސް މަގާމާ ހަވާލުވެވަޑައިގަތުމަށް ބޭއްވި ރަސްމިއްޔާތަށް އެގައުމަށް ވަޑައިގެން ހުންނަވަނިކޮށެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ