ނޯވޭ ފަތުރުވެރިޔަކު ރާއްޖެ އައި ގޮތަށް ވިސާ ހަމަވުމުން ވެސް އަނބުރާ ގައުމަށް ގޮސްފައި ނުވާތީ ޑީޕޯޓު ކޮށްލައިފިއެވެ.
އިމިގްރޭޝަނުން މިރޭ ބުނީ އެމީހާ އަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 20ވަނަ ދުވަހު ޓޫރިސްޓު ވިސާގައި އައި ނޯވޭގެ ފަތުރުވެރިއެއް ކަމަށެވެ. ނަމަވެސް ވިސާގެ މުއްދަތު ހަމަވުމުންވެސް އެމީހާ އަނބުރާ ނޯވޭ އަށް ގޮސްފައެއް ނުވެއެވެ.
އެމީހާ ރާއްޖޭގައި ދިރިއުޅެމުން ދިޔައީ ރާއްޖޭގައި މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެމީހާ ކުރަމުން ދިޔަ މަސައްކަތަކީ ކޮބައި ކަމެއް އިމިގްރޭޝަނުން ހާމަ ކޮށްފައެއް ނުވެއެވެ.
އިމިގްރޭޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ފުލުހުންގެ އެހީތެރިކަމާއެކު 2024 ޖުލައި 25 ވަނަ ދުވަހު އިމިގްރޭޝަން ބެލުމުގެ ދަށަށް އެމީހާ ގެނެވިފައިވާ ކަމަށެވެ.
އަދި އިމިގްރޭޝަންގެ ގާނޫނާ ހިލާފުވެފައި ވާތީ އެމީހާ ރާއްޖެ އިން ޑީޕޯޓު ކޮށްލާފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ