މާލެ ދާއިރާގެ އެމްޑީޕީ ރައީސްކަމުގެ އިންތިހާބު މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ކާމިޔާބު ކުރައްވައިފިއެވެ.
އެމްޑީޕީ އެތެރޭގެ އިންތިހާބުގައި އެންމެ ވާދަވެރިކަން ބޮޑުވި މާލެ ދާއިރާގެ ރައީސްކަމުގެ ގޮނޑި އާޒިމް ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ. މާލެ، ހުޅުމާލެ، އަދި ވިލިމާލޭގައި ބެހެއްޓި 17 ވޯޓު ފޮށިތަކުގެ ތެރެއިން ދެ ފޮށްޓެއް ފިޔަވައި، ހުރިހާ ފޮށިތަކެއް ކާމިޔާބު ކުރެެއްވީ އާޒިމެވެ.
މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ފަލާހާ ވާދަކުރައްވައި، އާޒިމް އިންތިހާބު ކާމިޔާބު ކުރެއްވީ 1،079 ވޯޓާ އެކު، 70 ޕަސެންޓް ވޯޓު ހޯއްދަވައިގެންނެވެ. ފަލާހަށް ލިބިވަޑައިގެންނެވީ 470 ވޯޓެވެ. މާލެ ދާއިރާގެ އިންތިހާބުގައި އެމްޑީޕީގެ 1576 މެމްބަރުން ވޯޓުލިއެވެ.
އެމްޑީޕީ މާލާ ދާއިރާގެ ރައީސް ކަމުގައި ކުރިން ހުންނެވީ މާލެ ސިޓީގެ ކުރީގެ މޭޔަރަކަށް ހުންނެވި ޝިފާއެވެ. އެމްޑީޕީ މާލާ ދާއިރާގެ ރައީސް ކަމުގެ މަގާމު ހުސްވީ އޭނާ އެމްޑީޕީން ވަކިވުމުންނެވެ.
އާޒިމް މޭޔަރު ކަމަށް ވެސް ވަޑައިގެންނެވީ މިއަހަރު ޖެނުއަރީ މަހު ބޭއްވި ބައި-އިލެކްޝަނަކުންނެވެ. އަދި އެމްޑީޕީ ގައުމީ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވީ ވެސް ބައި އިލެކްޝަނަކުންނެވެ. އާޒިމް އިންތިހާބުވި އެ ދެ މަގާމުގެ މުއްދަތު ވެސް 2026ގައި ހަމަވާނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ