އައްޑޫ ސިޓީ ހިތަދޫގައި ޒުވާނަކު ދުއްވި ސައިކަލެއް ކޮންޓްރޯލުން ނައްޓައިގެން ވެލި ފުންޏަކަށް އަރައިފިއެވެ.
ފުލުހުން މިއަދު ބުނީ އެ ހާދިސާ ހިނގީ ރޭ 23:49 ހާއިރު ކަމަށެވެ. އެ ހާދިސާ ހިނގަން މެދުވެރިވީ ހިތަދޫގެ ފެން ހިންދާ ނިޒާމު ގާއިމް ކުރުމަށް މަގު ކޮނެފައިވާ ހިސާބުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ވެލި ފުންޏަކަށް އަރައިގެންނެވެ.
އެ ހާދިސާގައި އަނިޔާވީ ސައިކަލު ދުއްވަން އިން 23 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާ އަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާ އަށް މާލެ ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ދާދިފަހުން ހުޅުމާލޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނައްޓައިގެން މަގުގެ އަރިމަތީގައި ހުރި ސައިކަލެއްގައި އިން މީހެއްގެ ގަޔަށް ވަނީ އަރައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ