ސަރުކާރުން ޓެކްސީ ލައިނެއްގެ ހިދުމަތް ދޭން ނިންމުމާއި ގުޅިގެން މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ދެމުން އަންނަ ފަރާތްތަކުން ކަންބޮޑުވުންފާޅުކޮށް މުޒާހަރާ ކޮށްފިއެވެ.
ޓެކްސީ ލައިނެއްގެ ހިދުމަތް ދޭން ޓްރާންސްޕޯޓު މިނިސްޓްރީން އިއުލާން ކޮށްފައި ވަނީ މިދިޔަ މަހުގެ 24ވަނަ ދުވަހުގެ ރޭ ބޭއްވި "މާލެ ފަހި" ޕްރޮގްރާމް އިފްތިތާހް ކުރުމުގެ ޖަލްސާގައެވެ. ދުނިޔޭގެ ކުރިއަރާފައިވާ އެހެން ޤައުމުތަކެކޭ އެއްގޮތަށް ޒަމާނީ އަދި ސަލާމަތީ ގޮތުން ރައްކާތެރި އިތުބާރު ހިފޭ ޓެކްސީ ލައިންތައް ތައާރަފުކުރުމަކީ ސަރުކާރުން އިސްކަން ދޭ ކަމެއް ކަމަށް އެ މިނިސްޓްރީން އޭރު ބުންޏެވެ.
މިކަމާއި ކަންބޮޑުވުންފާޅުކޮށް ޓެކްސީ ޑްރައިވަރުންތަކެއް މިއަދު ވަނީ ޓްރާންސްޕޯޓު މިނިސްޓްރީގެ އިސްވެރިންނާއި ބައްދަލުކޮށްފައެވެ. މުޒާހަރާ ފެށީ އެ ބައްދަލުވުމަށްފަހުއެވެ.
ޓެކްސީ ޑްރައިވަރުން މުޒާހަރާ ކުރަން ފެށީ ޑްރައިވަރުން ހުށަހެޅި ކަންކަމަށް އެ މިނިސްޓްރީން އެއްބަސް ނުވުމުންނެވެ. ޑްރައިވަރުން ވަނީ މުޒާހަރާގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންގެ އިސްތިއުފާ އަށް ގޮވާލައިފައެވެ.
ޓްރާންސްޕޯޓުން ވަނީ ޓެކްސީ ލައިންގެ ކާރުތައް ފްރީލާންސް އުސޫލުން ވަކި އެޕްލިކޭޝަނެއް މެދުވެރިކޮށް ކޮންޓްރޯލްކޮށް، ޝައުގުވެރިވާ ދިވެހިންނަށް ޓެކްސީ ދުއްވުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމަވާފައިވާ ކަމަށް ބުނެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ