މާލެ ސަރަހައްދަށް މަސްވެރިކަން ރަނގަޅުވެފައިވާތީ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ބޯޓެއް މާލެ ބޭރުގައި ބަނދަރުކޮށްފިއެވެ.
މާލެ ކައިރީގައި ބަނދަރުކޮށްފައި އޮތީ މިފްކޯގެ "ރަންދި-20" އެވެ. އާރުއެސްޑަބްލިޔު 27.5 ޓަނު ޖާގައިގެ މި ބޯޓު އޮތީ ވިލިމާލެ އުތުރުން ގުޅިފަޅުގެ އިރަށްވާ ގޮތަށް، އަތޮޅުގެ އެތެރެވަރީގައެވެ.
މާލެ ސަރަހައްދަށް މަސްވެރިކަން ރަނގަޅުވެ، މިދިޔަ ހޮނިހިރު ދުވަހު މަސްމާރުކޭޓުގައި މަހުގެ އަގު ވަރަށް ބޮޑަށް ވެއްޓުނެވެ. ކިއުގައި ޖެހިގެން ބައެއް މީހުން މަސް ގަނެފައި ވަނީ 20 ރުފިޔާ އާއި 30 ރުފިޔާއާ ދެމެދުގައެވެ. ނަމަވެސް އިއްޔެ އަނެއްކާވެސް ވަނީ މަހުގެ އަގު މާރުކޭޓުގައި އުފުލިފައެވެ. އިއްޔެ މާރުކޭޓުން މަސް ކިލޯއެއް ވިއްކީ 25 ރުފިޔާ އަށާއި 30 ރުފިޔާއަށެވެ.
މިފްކޯއިން މަސް ގަންނަމުންދަނީ އައިސް އެޅި މަސް ކިލޯއެއް 16 ރުފިޔާއަށެވެ. އައިސް ނާޅާ މަސް މަސް ކިލޯއެއް މިފްކޯއަށް ގަންނަނީ 14 ރުފިޔާއަށް ކިލޯއެކެވެ. އެ އަގަކީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން، އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަނޑައަޅާފައިވާ އަގެކެވެ.
މިފްކޯއިން ބުނީ މި ދުވަސްވަރު މަސްވެރިކަން އެންމެ ރަނގަޅީ މާލެ ސަރަހައްދާއި މ. އަތޮޅުގައި ކަމަށެވެ. މ. އަތޮޅުގައި މަސްވެރިކަން ރަނގަޅުވުމުން "މަހާ ކަލަމިންޖާ" ބޯޓު އެ އަތޮޅަށް ދަތުރުކުރަމުންދާ ކަމަށާއި އެ އަތޮޅުގައި މިހާރު ވެސް "ރަންދި 23" ބޯޓު ބަނދަރުކޮށްފައިވާ ކަމަށެވެ.
"ލ. އާއި ތ. މަސްވެރިކަން މެދުމިންގަނޑަކަށް ރަނގަޅު. އެހެން ނަމަވެސް ދެކުނުގެ މަސްވެރިކަން ރަނގަޅުވާނެ ކަމަށް މަސްވެރިން ލަފާކުރަނީ އަންނަ ހަފްތާއިން ފެށިގެން،" މަސްވެރިންނާ ހަވާލާދީ މިފްކޯގެ އޮފިޝަލަކު ވިދާޅުވިއެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި