ކުރިޔަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން މިއަދު ބުނެފިއެވެ.
މެޓު އޮފީހުގެ އޮފިޝަލަކު މިއަދު "ހަަތާވީސް" އަށް ވިދާޅުވީ މިއަދު ވެސް އުތުރާއި މެދު ރާއްޖޭގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށެވެ. އެގޮތުން ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ވައި ޖެހެނީ އާދައިގެ ވަރަކަށެވެ. އެއީ 5 މޭލާއި 15 މޭލާ ދެމެދުގައެވެ.
މެޓު އޮފީހުގެ އޮފިޝަލް ވިދާޅުވީ ވިލާގަނޑުގައި ކޮންމެވެސް ވަރަކަށް ވައިގަދަވާނެ ކަމަށެވެ. އަދި ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މިހާރު ރާއްޖެ އަށް ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި އެގޮތުން އޮގަސްޓު މަހާއި ސެޕްޓެމްބަރު އަދި އޮކްޓޫބަރު މަހަކީ ރާއްޖެ އަށް ވިއްސާރަ ކުރާނެ ތިން މަސް ކަމަށް މެޓު އޮފީހުގެ އޮފިޝަލު ވިދާޅުވިއެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ