ސަޢޫދީ ޢަރަބިއްޔާގެ މައްކާގައި ކުރިއަށްދާ އިސްލާމީ ދުނިޔޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާތަކުގެ ވަޒީރުންގެ ކޮަފަރެންސްގެ ރިޔާސަތު އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބަލަހައްޓަވައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ ކޮންފަރެންސްގެ ނުވަ ވަނަ ޖަލްސާގެ ފަސް ވަނަ ސެޝަންގެ ރިޔާސަތު މިނިސްޓަރު ޝަހީމް ބެލެހައްޓަވާފައިވާ ކަމަށެވެ. މި ސެޝަންގެ ޝިޢާރަކީ 'މުސްލިމުން ގިނަ ޤައުމުތަކުގައި ރައްޔިތުކަން ކުރިއެރުވުމާއި އިސްލާމީ މުޖުތަމަޢުތަކުގެ އިސްތިޤްރާރަށް އޭގެ ސަބަބުން ކުރާ އަސަރު' ކަމަށް މިނިސްޓްރީން ބުންޏެވެ.
ސަޢުދީ އަރަބިއްޔާގެ މައްކާގައި ކުރިއަށްދާ އެ ކޮންފަރެންސްގައި އިސްލާމީ ހުރިހާ ގައުމަކުން ވެސް ބައިވެރިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ސައުދީއަށް ކުރައްވަމުން މި ގެންދަވާ ދަތުރުފުޅުގައި މިނިސްޓަރު ޝަހީމް ވަނީ ސައުދީ އަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. އަބްދުއްލަޠީފް އާލުއްޝައިހް އާއި ވެސް ބައްދަލު ކުރައްވާފައެވެ.
އިސްލާމީ ދުނިޔޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާތަކުގެ ވަޒީރުންގެ ނުވަ ވަނަ ޖަލްސާ މި މަހުގެ ތިން ވަނަ ދުވަހުން ހަތް ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ.
މި ކޮންފަރެންސް ނިންމަވާލެއްވުމަށްފަހު ވަޒީރު ޑރ. ޝަހީމް އެނބުރި ވަޑައިގަންނަވާނީ މި މަހުގެ ހަތް ވަނަ ދުވަހުއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ