މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މައުމޫނުގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ މައުމޫނުގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައެއް އެ ހިދުމަތުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ތަފްސީލެއް ނުދެއްވައެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ގޭހުގެ އެމްޑީ އަކަށް ހުންނެވި މައުމޫން އެ ވެރިކަން ބަދަލުވުމާއެކު ދިރިއުޅުއްވަމުން ގެންދެވީ ރާއްޖެ އިން ބޭރުގައެވެ.
މައުމޫން ރާއްޖެ ވަޑައިގަތީ ވަރަށް ފަހުންނެވެ. މައުމޫނުގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައާ ގުޅިގެން އޭނާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ވެސް ނެރުނެވެ.
މައުމޫނުގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައެއް ތަހުގީގު ކުރަމުން އަންނައިރު މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑުގެ ކުރީގެ މެނޭޖީން ޑިރެކްޓަރު މައުމޫނާއި އޭނާގެ އާއިލީ ބައެއް ފަރާތްތަކަށް އަދި މައުމޫންއާ ގުޅުން އޮންނަ ކަމަށް ތުހުމަތުކުރެވޭ ބައެއް ކުންފުނިތަކަށް މޯލްޑިވް ގޭސްގެ ސަޕްލަޔަރެއް ކަމަށްވާ ތްރީޑީއެޗް އިންޓަނޭޝަނަލް އިން ފައިސާ ފޮނުވާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާތައް ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅައިފައެވެ.
މައުމޫންގެ މައްޗަށް ޕީޖީ އޮފީހުން ވަނީ ރިޝްވަތު ހިފުމުގެ ހަތް ދައުވާއެއް ކޮށްފައެވެ. އެ ދައުވާތައް ކުރުމަށް ފޮނުވީ އޭނާ މޯލްޑިވް ގޭސްގެ އެމްޑީގެ ގޮތުގައި ހުރި ދުވަސްވަރު އެ ކުންފުންޏަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް ހަވާލުކުރި ކުންފުނިން މައުމޫނާއި އޭނާއާ ގުޅުން ހުރި މީހުންގެ އެކައުންޓްތަކަށް އެކި ފަހަރު މަތިން 298،000 ޑޮލަރު ޖަމާ ކޮށްފައިވާ މައްސަލައަކާއި ގުޅިގެންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ކޮބާތަ އެޗްޑީސީ ދަވާލާފަ ފިލި ބުންޏާމީނު؟
އަލިބެ ހުޅުމާލެ