ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ބޭނުންވާ ފަރާތްތައް ހޯދުމަށް ޓްރާންސްޕޯޓު މިނިސްޓްރީން އިއުލާން ކޮށްފިއެވެ.
ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ޝައުގުވެރިވާ ފަރާތްތަކަށް އެކަން ހުޅުވާލުމުގެ ގޮތުން އެ މިނިސްޓްރީން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ވަނީ ހެލިކޮޕްޓަރުގެ ހިދުމަތް ދޭނީ އިމަޖެންސީ ހާލަތްތަކުގައި ބަލި މީހުން އުފުލުމަށާއި ފަތުރުވެރިން އެއް ތަނުން އަނެއް ތަނަށް އުފުލުމަށް ކަމަށް ބުނެފައެވެ.
މީގެއިތުރުން ސާޗް އެންޑް ރެސްކިއުގެ ހިދުމަތްތަކާއި ވިޔަފާރި އުސޫލުން ވެސް އާއްމުން އެއް ތަނުން އަނެއް ތަނަށް ގެންދިއުމުގެ ހިދުމަތް ދެވޭނެ ކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 19ވަނަ ދުވަހުގެ މެންދުރު 14:00ގެ ކުރިން އެ މިނިސްޓްރީ އަށް ލިޔެކިއުންތައް ހުށަހެޅުމަށް ޓްރާންސްޕޯޓުން ވަނީ އެދިފައެވެ.
މިދިޔަ މެއި މަހުގެ ތެރޭގައި ޓްރާންސްޕޯޓު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވަނީ ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް އަލުން ފެށުމަށް ޓަކައި ތައްޔާރުކުރަން ޖެހޭ އާރްއެފްޕީއައި ނިމިފައިވާ ކަމަށް ވިދާޅުވެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ