މާލޭގައި ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުވާލިބުނު މީހުން ދަށު ކޯޓުން ސަލާމަތްވެފައި ވަނިކޮށް އެ މީހުން ބަންދުކުރަން ދައުލަތުން ހައި ކޯޓުގައި އެދެފި އެވެ.
ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ޖުލައި، 2017 ގައި އަނަސްއަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ލ. ގަން ތުނޑީ ނަންނާރިގޭ ޖުނައިހް އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746، ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ދިމިޝްގު އުސްމާން ޝަރީފާއި މ. ލޮނުމިދިލިގޭ އަފްރާހް އަބްދުއްރައްޒާގުގެ އިތުރުން ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒްގެ މައްޗަށެވެ.
އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ފެބްރުއަރީ މަހު ނިންމުމުން އެ މީހުން ވަނީ ދޫވެފައެވެ.
އެ މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށްފަހު ހައި ކޯޓުގައި އެދުނީ އެ މައްސަލަ ނިމެންދެން އެ މީހުން ބަންދު ކުރުމަށެވެ.
ހައި ކޯޓުން މިއަދު އިސްތިއުނާފް ޝަރީއަތް ފެށިއިރު، ދައުވާލިބޭ މީހުންގެ ތެރެއިން ބައެއް މީހުން ވަކީލުން ހަމަޖައްސާފައި ނެތުމުން، އެކަމަށް ހަފުތާއެއްގެ މުއްދަތެއް ދިނުމަށް އެ މީހުން އެދުމުން އެ ފުރުސަތު ހައިކޯޓުން ދިނެވެ.
ވަކީލުން ހަމަޖައްސަން ފުރުސަތު ދީފައިވާތީ ބަންދާ މެދު ގޮތެއް ނިންމާނީ ވަކީލުން ހަމަޖެހުމުން ކަމަށެވެ.
އަނަސްގެ މަރާ ގުޅިގެން ކުޑަކުދިންތަކެއްގެ މައްޗަށް ދައުވާކުރި މައްސަލާގައި އެއް ކުއްޖަކު 18 އަހަރަށް ޖަލަށްލާން ހައި ކޯޓުން ކުރިން ވަނީ ހުކުމްކޮށްފަ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ