އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށާއި އަދި ފަލަސްތީނަށް ދެމުން ގެންދާ އެހީތެރިކަން މިހާރަށްވުރެ އިތުރު ކުރުމަށް ރާއްޖޭން ގޮވާލައިފިއެވެ.
މެދުއިރުމަތީގެ މަސްރަހާ ގުޅޭ ގޮތުން އޮގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ސައުދީ އަރަބިއްޔާގައި މިއަދު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުން ފޮރިން މިނިސްޓަރު ޒަމީރު ވިދާޅުވީ ޣައްޒާގެ ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރޭލުން ހިންގަމުންދާ ޖަރީމާތައް ރާއްޖޭން ކުށްވެރި ކުރައްވާ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ގާނޫނުގެ ވެރިކަމަށް އިހުތިރާމްކޮށް ދެމެހެއްޓުމަށް، ބައިނަލްއަގްވާމީ މުޖުތަމައުގެ ދައުރު އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. ހަމައެއާއެކު އަވަސް ގޮތެއްގައި ހަނގުރާމަ ހުއްޓާލުމަށް ޒަމީރު ގޮވާލެއްވިއެވެ.
އެމަނިކުފާނުގެ ބަޔާނުގައި ފަލަސްތީނަށް މިހާރު ދެމުންދޭ އެހީން ނުފުދޭކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން އެ ގައުމަށް ދޭ އެހީތެރިކަން އިތުރުކުރަން ގޮވާލެއްވިއެވެ.
ފަލަސްތީނުގެ ހައްގުގައި ދިވެހިރާއްޖެއިން ވެފައިވާ ވައުދު ދުވަހަކުވެސް ފަސް ނުކުރާނެކަން ތަކުރާރުކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ދެމެހެއްޓެނިވި ހައްލެއް ހޯދޭނީ 1967 ވަނަ އަހަރުގެ ކުރިން އިރުމަތީ ގުދުސް އާއި އިރުމަތީ ގުދުސް އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް މިނިވަން އަދި ސިޔާދަތީ ދައުލަތެއްގެ ގޮތުގައި ފަލަސްތީނު ޤާއިމުކުރެވިގެން ކަމަށެވެ.
މިނިސްޓަރު ޒަމީރުގެ ބަޔާނުގައި ހަމާސްގެ ޗީފް އޮފް ޕޮލިޓިކަލް ބިއުރޯ އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުން ވެސް ވަނީ ކުށްވެރިކުރައްވާފައެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި