ފަލަސްތީނުގެ ބިމަށް ވެރިވެގަނެ، އެ ގައުމުގެ މީހުން މަރައި، ގަތުލްއާންމު ހިންގަމުންދާ އަނިޔާވެރި ޔަހޫދީ ދައުލަތް، އިޒުރޭލު މީހުންގެ ޕާސްޕޯޓް ރާއްޖޭގައި މަނާކުރަން އެމްޑީޕީން ހުށަހެޅި ބިލުގެ މަސައްކަތް ލަސްވާ ސަބަބު ސާފު ކޮށްދިނުމަށް އެދިއްޖެއެވެ.
އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމެވެ. މީކާއީލް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭނެކަން ކަށަވަރު ކުރުމަށް އޭނާ ހުށަހެޅި ބިލު 241 ކޮމިޓީގައި އެޖެންޑާ ނުކޮށް ބާއްވާފަ އޮންނަތާ މިއަދަށް 59 ދުވަސްވެފައިވާ ކަމަށެވެ.
އެހެންކަމުން މީކާއިލް ވަނީ އެ ބިލުގެ މަސައްކަތް ހުއްޓާލާފައިވާ ސަބަބު ސާފުކޮށްދެއްވުމަށް އެދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަށް ސިޓީއެއް ފޮނުއްވާފައެވެ.
އެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމެޓީ އަށް ފޮނުވާފައި ވަނީ މަޖިލީހުގެ މެޖޯރިޓީ ޕާޓީ ޕީއެންސީ މެންބަރުންގެ ވެސް ވޯޓާއެކުގައެވެ.
އިޒުރޭލުގެ ޕާސްޕޯޓް މަނާކުރުމަށް މީކާއިލް އިސްލާހު ހުށަހަޅުއްވާފައި ވަނީ އިމިގްރޭޝަންގެ ގާނޫނަށެވެ. އެ ގާނޫނަށް އޭނާ ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ އިޒުރޭލުގެ ޕާސްޕޯޓް ގެންގުޅޭ މީހުން ރާއްޖެ އެތެރެވުން މަނާވާނެ ކަމަށެވެ. އެ މީހުންގެ ތެރޭގައި އެހެން ގައުމުތަކުގެ ޕާސްޕޯޓް ގެންގުޅޭ އިޒުރޭލު މީހުން ވެސް ހިމެނޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ