ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ހުންނަވާ ރަސްމީ ގެކޮޅު، މުރައިދޫގޭގެ ޗީފް އޮފް ސްޓާފްގެ މަގާމަށް މަޝްހޫރު ނޫސްވެރިޔާ އާދަމް ހަލީމް (މުންޑޫ) ހަމަޖައްސަވައިފިއެވެ.
އާދަމް ހަލީމް އެ މަގާމަށް އައްޔަން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށް މަޖިލީހުގެ އިދާރާ އިން ހާމަކުރެއެވެ. އެ މަގާމަށް އާދަމް ހަލީމް ހަމަޖެއްސެވީ މިދިޔަ މަހުގެ 28ވަނަ ދުވަހު ކަމަށްވެސް އެ އިދާރާ އިން މައުލޫމާތު ދިނެވެ.
"އާފަތިސް" ނޫހުން ނޫސްވެރިކަން ފެއްޓެވި އާދަމް ހަލީމް އެ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަހު ވަނީ މަސައްކަތް ކުރައްވައިފައެވެ. އޭނާ ވަނީ ރާއްޖޭގެ އެންމެ ދުވަސްވީ އެއް ނޫސް ކަމަށްވާ "ހަވީރު" ނޫހުގައި ވެސް މަސައްކަތް ކުރައްވައިފައެވެ.
އަދި ބައެއް އެހެން ނޫސްތަކުގައި އެޑިޓަރެއްގެ ގޮތުގައި ވެސް އާދަމް ހަލީމް ވަނީ މަސައްކަތް ކުރައްވައިފައެވެ. އޭގެ ތެރޭގައި "ސަން އޮންލައިން" އާއި "އަވަސް" ގެ އިތުރުން "ވީނިއުސް" ހިމެނެއެވެ.
މުރައިދޫ ގެއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާ ބޭފުޅަކަށް ހާއްސަ ކޮށްފައިވާ ގެކޮޅެވެ. އެ ގެކޮޅު މަޖިލިސް ރައީސްގެ ހާއްސަ ގެކޮޅަކަށް ހަމަޖެއްސެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރައީސްކަމުގައި ހުންނަވަނިކޮށް އެމަނިކުފާނަށް އަމާޒުކުރައްވާ ދިން ބޮމުގެ ހަމަލާއާ ގުޅިގެންނެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ