ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ ސަރުކާރާ ދެކޮޅަށް ކުރިޔަށް ގެންދިޔަ ވަރުގަދަ މުޒާހަރާތަކަށް ފަހު ހަސީނާ މަގާމުން އިސްތިއުފާ ދެއްވުމުން ވަގުތީ ސަރުކާރުގެ އިސްވެރިއެއްގެ ގޮތުގައި އިއްޔެ ހުވާ ކުރެއްވި މުހައްމަދު ޔޫނުސް އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
މުހައްމަދު ޔޫނުސް އަކީ ނޯބަލް އިނާމު ވެސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ރައީސް މުއިއްޒު މަރުހަބާ ވިދާޅުވީ ރޭ އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި ޔޫނުސްއަށް މަރުހަބާ ވިދާޅުވެ ބަންގްލަދޭޝްގެ ދުވަސްވީ ގާތް ރަހުމަތްތެރި ގައުމެއްގެ ހައިސިއްޔަތުން ރާއްޖެ އެގައުމަށް އަބަދުވެސް ފާގަތިކަމާއި ސުލްހަ އަށް އެދޭ ކަމަށް ވިދާޅުވިއެވެ.
ހަސީނާ މިދިޔަ ހޯމަ ދުވަހު އިސްތިއުފާ ދެއްވީ ސަރުކާރާ ދެކޮޅަށް ކުރަމުންދިޔަ މުޒާހަރާތައް ވަރުގަދަވެ، ހަސީނާ ދިރިއުޅުއްވާ ގަނޑުވަރަށް ވަދެގަނެ، އެތަން ލޫޓުވަން ފަށާފައިވަނިކޮށެވެ.
މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ބަންގްލަދޭޝްގެ އަސްކަރިއްޔާ އާއި ފުލުހުން ބަޑިޖަހައި އެތައް ބަޔަކު މަރާލާފައިވެއެވެ. ވޭތުވެދިޔަ މަސް ދުވަހުގެ ތެރޭގައި މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު 300އަށް ވުރެ ގިނަ ކަމަށް އެ ގައުމުގެ އިދާރާތަކުން ބުނެއެވެ.
ސިލްސިލާ މުޒާހަރާތައް ފެށި ސަބަބު:
މުޒާހަރާތައް ފެށީ ބަންގްލާދޭޝްގެ މިނިވަންކަމަށް މަސައްކަތް ކުރި މީހުންގެ ގާތްތިމާގެ މީހުންނަށް ސަރުކާރު ވަޒީފާތަކުގެ ބޮޑު ބައެއް ދިނުމަށް ހަސީނާގެ ސަރުކާރުން ނިންމުމުންނެވެ. އެގޮތުން 1971ގައި ކުރި ހަނގުރާމައި އުޅުނު މީހުންގެ އާއިލާތަކާއި ގާތްތިމާގެ މީހުންނަށް ބަންގުލަދޭޝް ދައުލަތުގެ ތިންބައިކުޅަ އެއްބައި ވަޒީފާ ދިނުމަށް ނިންމިއެވެ.
ހަސީނާ ސަރުކާރުގެ އެ ނިންމުމާ ގުޅިގެން ޔުނިވާސިޓީތަކުގެ ދަރިވަރުން ނުކުމެ، މުޒާހަރާތައް ފެށިއެވެ. މުޒާހަރާތަކާ ދެކޮޅަށް ކުއްލި ނުރައްކަލުގެ ހާލަތު ހިންގައި، މަގުތަކުގައި އަޑުއުފުލަމުންދިޔަ ދަރިވަރުން މަރައި، އިދިކޮޅު ފަރާތްތައް ހައްޔަރު ވެސް ކުރިއެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި