މާލެ ސިޓީގައި ކުރިން ބޭނުންކުރަމުން އައިސްފައިވާ ސަހަރާތަކުގެ ތެރެއިން، މާފަންނު ސަހަރާ ހުސްކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރާނެ ފަރާތެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.
ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ މާފަންނު ސަހަރާގެ 36،153 އަކަފޫޓްގެ ސަރަޙައްދު އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ހުސްކުރަން ބޭނުންވާ ކަމަށެވެ. އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލު އާންމުކޮށްފައެއް ނުވެއެވެ.
ސިޓީ ކައުންސިލުން ގެޒެޓްކޮށްފައިވާ އިއުލާން ކަރުދާހުގައިވާ ގޮތުން ސަހަރާގެ ވެލިގަނޑު 2.4 މީޓަރު ފުންމިނަށް ކޮނެ، ފުރާނައި، ބައެއް ވެލި ހުޅުމާލެ ސަހަރާއަށް ގެންގޮސް ފުނިޖަހަން ބޭނުންވާ ކަމަށެވެ. އެހެންކަމުން މާފަންނު ސަހަރާއިން ނަގާ ގަބުރުތައް ވަޅުލަންޖެހެނީ ހުޅުމާލެ ސަހަރާގައެވެ.
މާފަންނު ސަހަރާ ހުސްކުރަނީ އެތަނުގައި ބޮޑު ޕާކިން ޒޯނެއް ހެދުމަށެވެ. މިއީ މިދިޔަ ސަރުކާރުން ޕާކިން ޒޯން ހެދުމަށް ނިންމާފައިވާ ބިމެކެވެ. ނަމަވެސް ސަރަހަރާ ހުސްނުކުރެވި ވަނީ އެ ބިން ސިޓީ ކައުންސިލާ ހަވާލު ނުކުރާތީއެވެ. މާފަންނު ސަހަރާގެ ހުޅަނގު، ދެކުނު ފަރާތު މަޖީދީމަގަށް ވާ ގޮތަށް މިހާރު ވެސް ޕާކިން ޒޯނެއް ވަނީ ހަދާފައެވެ.
މާފަންނު ސަރަހަރާއިން ގަބުރު ހުސްކޮށް، ބިން ސާފުކުރަންޝައުގުވެރިވާ ފަރާތްތަކުން އަންނަ ބުދަ ދުވަހު މައުލުމާތު ސާފުކޮށް، މި މަހުގެ 20 ވަނަ ދުވަހު އަގު ހުށަހެޅުމަށް ސިޓީ ކައުންސިލުން ވަނީ ހުޅުވާލާފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ