ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އިސްމާއިލް އަބްދުލްހަމީދު މެމްބަރުކަމުގެ ގޮނޑި ގެއްލުމަށް މެދުވެރިވި ކޮޅުވެއްޓީގެ މައްސަލާގައި ދައުލަތަށް 1.1 މިލިއަން ރުފިޔާ ދައްކަން މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
ކުރީގެ މެމްބަރު އިސްމާއިލް އަބްދުލްހަމީދުގެ މެމްބަރުކަމުގެ ގޮނޑި 2011 ވަނަ އަހަރު ގެއްލުނީ 2008 ވަނަ އަހަރު އޭރު މާލޭ މުނިސިޕަލްޓީގެ ދުވަސްވަރު އެ ތަނުގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނަށް ގެނައި ކޮޅުވެއްޓިއެއްގެ މައްސަލާގައި ކޮރަޕްޝަން ހިމެނޭތީ އޭނާ ދޮޅު އަހަރަށް އަރުވާލަން ހުކުމް ކުރުމުންނެވެ. އެ ހުކުމް ސުޕްރީމް ކޯޓުން 2012 ގައި ދެމެހެއްޓިއެވެ.
އެ އުޅަނދުގެ ޑިއުޓީ ދައްކަން 2015 ވަނަ އަހަރުން ފެށިގެން އެންގުމުން ވެސް ސިޓީ ކައުންސިލުން އެކަމަށް އިންކާރު ކުރަމުން ދިޔައީ އެ އުޅަނދު ގެނައީ ކޮރަޕްޝަންގެ މުއާމަލާތެއްގެ ތެރެއިން ކަމަށް ބުނެއެވެ.
ކަސްޓަމްސުން ދައުވާ ކުރުމުން ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އެ އުޅަނދު ގެނައީ ސިޓީ ކައުންސިލްގެ ނަމުގައި ކަމަށް ވާއިރު، އެ މުއާމަލާތުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިނގާފައިވުމަކީ އިމްޕޯޓް ޑިއުޓީ ދެއްކުމުން ސިޓީ ކައުންސިލަށް ބަރީއަވެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެ އުޅަނދުގެ ޑިއުޓީގެ ގޮތުގައި 1.1 މިލިއަން ރުފިޔާ އެއް މަސް ތެރޭގައި ދައްކަން ހުކުމުގައި އަންގާފައިވެއެވެ.
ނުއަގުގައި ކޮޅުވެއްޓި ގެނައުމުގެ ސަބަބުން ދައުލަތަށް ގެއްލުންވި ކަމަށް ބުނެ އިސްމާއިލް އަބްދުލްހަމީދު އަތުން ފައިސާ ހޯދުމަށް ދައުލަތުން ކުރިން ދައުވާކުރި ނަމަވެސް ސުޕްރީމް ކޯޓުން ނިންމާފައިވަނީ އެ ފައިސާ އޭނާ ދައްކަވަން ނުޖެހޭނެ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ