އަވަށްޓެރި ގައުމުތަކުގެ ތެރެއިން ވެސް، ދިވެހިރާއްޖެއަކީ އިންޑިއާއަށް ހާއްސަ ގައުމެއް ކަމަށް އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު ވިދާޅުވެއްޖެއެވެ.
ޖަޔަޝަންކަރު އެހެން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުގައިގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރާ އެކު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ޖަޔަޝަންކަރު ވިދާޅުވީ އިންޑިއާ އާއި ރާއްޖޭގެ ގުޅުމުގެ ތެރެއިން ފަހިވެގެންދިޔަ ކަންތައްތަކުން ރާއްޖޭގެ ދިރިއުޅޭ ރައްޔިތުންނަށް ކޮންމެ ދުވަހަކު އެތައް ފަސޭހަތަކެއް ވެގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދިޔަ ހަ މަޝްރޫޢެއްގެ ނިމުން ފާހަގަ ކުރެއްވި ރަސްމިއްޔާތަށް އިޝާރާތް ކުރައްވައި، ޖަޔަޝަންކަރު ވިދާޅުވީ ރާއްޖެ އާއި އިންޑިއާގެ ގުޅުމުގެ ސަބަބުން އެކި ގޮތުން ގޮތުން، ކޮންމެ ދުވަހު ދިވެހިންނަށް ފަސޭހަތަކެއް ވެގެންދާ ކަމަށެވެ.
ރާއްޖެ އާއި އިންޑިއާއަކީ އިގްތިސާދީ ބޮޑު ކަނޑުގެ ސަރަހައްދެއް އޮތް ދެ ގައުމުކަން ފާހަގަ ކުރައްވައި ޖައިޝަންކަރު ވިދާޅުވީ މި ސަރަހައްދުގެ ސުލްހަ އާއި ސަލާމަތަށްޓަކައި ދެ ގައުމު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނާ ބައްދަލުކޮށް، އެ މަޝްވަރާތައް ކުރިއަށް ގެންދެވޭނެ ކަމަށް ޖަޔަޝަންކަރު ވިދާޅުވިއެވެ.
ޖަޔަޝަންކަރު ވިދާޅުވީ ރައީސް މުއިއްޒާ މިއަދު ބައްދަލު ކުރައްވާނެ ކަމަށާއި އެ ބައްދަލު ކުރެއްވުމުގައި ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް އެމަނިކުފާނުގެ ހިޔާލާއި މަޝްވަރާ ހޯއްދަވާނެ ކަމަށެވެ.
އެ ބައްދަލު ކުރެއްވުމުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ގުޅިގެން މަސައްކަތް ކުރުމުގައި ސާބިތުކަމާއެކު ތިއްބަވާނެ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ތަރައްގީގައި އިންޑިއާއަކީ މުހިންމު ބައިވެރިއެއް ކަމަށާއި މިހާތަނަށްވެސް އެކި ދާއިރާތަކުން އެ ޤައުމުގެ އެހީތެރިކަމާއި އެއްބާރުލުން ރާއްޖެއަށް ލިބިފައިވާ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ