އިންޑިއާގެ ޚާރިޖީ ވަޒީރު ދިވެހިރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އަވަދިނެތި އުޅުއްވަމުން ވެސް، އެމްޑީޕީގެ ރައީސް ޝާހިދާ މިރޭ ބައްދަލު ކުރައްވައިފިއެވެ.
ޖަޔަޝަންކަރު، ޝާހިދާ ބައްދަލު ކުރެއްވީ މިރޭ ޝެރެޓަން މޯލްޑިވްސް ފުލްމޯން ރިސޯޓް އެންޑް ސްޕާގައެވެ.
ޖަޔަޝަންކަރު ޝާހިދާ މި ބައްދަލު ކުރެއްވީ އިންޑިއާ ސަރުކާރުން ރާއްޖޭގައި ހިންގި މަޝްރޫއުތައް އިފްތިތާހު ކުރުމާއި ތިލަމާލެ ބްރިޖުގެ މަސައްކަތް ބައްލަވާލެއްވުމާއި ދިވެހި ސަރުކާރާ އެކު ބޭއްވި ހާރިޖީ ވާހަކަތަކުގައި އަވަދިނެތި އުޅުއްވަމުންނެވެ.
އެމްޑީޕީން ބުނީ އެ ބައްދަލުކުރެއްވުމުގައި ޝާހިދުގެ އަރިހުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުޙައްމަދު ނާޒިލާއި ޕާޓީގެ ނައިބު ރައީސާ ހިސާން ހުސެއިން އާއި، ޒުވާނުންގެ ހިތްވަރުގެ ރައީސާ ރިފްޤާ ޝިހާމް އާއި، އެމްޑީޕީގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ މެމްބަރުން ކަމަށްވާ އާމިނަތު ޝައުނާ އަދި ހުސައިން ޝަހީމްގެ އިތުރުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޝާޒްލީ ޝަފީޤް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
އެ ބައްދަލު ކުރެއްވުމަށްފަހު، އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ރައީސް މުޢިއްޒުގެ ސަރުކާރުން އިންޑިއާއާމެދު ގެންގުޅޭ ސިޔާސަތު "އިންޑިއާ އައުޓް" އިން "ވެލްކަމް އިންޑިއާ" އަށް ބަދަލުކުރި ކުރުމަށް އެ ޕާޓީން މަރުޙަބާ ކިޔާ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ