ފުލުހުން ތަހުގީގު ކުރަމުން އަންނަ އެކްސިޑެންޓު މައްސަލައަކާއި ގުޅިގެން ބަޔަކު ހޯދަން ފަށައިފިއެވެ.
ފުލުހުން މިރޭ ބުނީ ހެންވޭރި ޕޮލިހުން ތަހުގީގުކުރަމުންދާ، އެކްސިޑެންޓްގެ މައްސަލައާ ގުޅިގެން ހޯދަންބޭނުންވެ، އެމީހުންނަކީ ކޮން ބައެއްކަން މިހާތަނަށް ފުލުހުން ކުރި މަސައްކަތުން ދެނެގަނެވިފައި ނުވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ވީޑިއޯ އެއް މިރޭ އާއްމު ކޮށްފައެވެ.
ފުލުހުން ހޯދަން ބޭނުންވާ ދެ މީހުންވެސް ތިބީ ހެލްމެޓު އަޅައިގެންނެވެ. އެމީހުންނާއެކު އިތުރު ބަޔަކުވެސް ވީޑިއޯ އިން ފެނެއެވެ. ނަމަވެސް އޭގެތެރެއިން ފުލުހުން ހޯދަމުން އަންނަނީ ވަކި ދެ މީހެކެވެ.
ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމައުލޫމާތެއް ހެންވޭރު ޕޮލިސްގެ ނަންބަރު 9400053 އަށް ގުޅައި ހިއްސާ ކުރުން އެދޭ ކަމަށެވެ.
ދާދިފަހުން ހުޅުމާލޭގައި ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފައެވެ. އަދި އެ މައްސަލާގައި ވެސް ބަޔަކު ފިލިއެވެ. ނަމަވެސް މިހާރު އެމީހުން ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ