ޕްރޮސިކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކި ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
"ހަތާވީސް" އަށް އެނގިފައިވާ ގޮތުގައި އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރެކެވެ. މިކަން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހް ވެސް ވަނީ ކަށަވަރު ކޮށްދެއްވަވައިފައެވެ.
"އާދެ. ހުށަހަޅާފައި ވަނީ. ހަމަ ސަރުކާރުގެ މެންބަރެއް އެ މައްސަލަ ހުށަހެޅުއްވީ،" އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ދެއްވަމުން ފަލާހް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ މައްސަލަ ދިރާސާ ކުރެއްވުމަށް ރައްޔިތުން މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ އަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ހުށަހެޅުއްވީ ސީދާ ކޮން މެންބަރެއް ކަމެއް ވިދާޅެއްނުވެއެވެ.
ޕީޖީގެ މަގާމުގައި ހުންނެވި ޝަމީމް އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައެވެ. އެ މަގާމަށް އޭނާ އައްޔަން ކުރެއްވީ 2019ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 8ވަނަ ދުވަހުއެވެ. ޕީޖީގެ މަގާމުގެ މުއްދަތަކީ ފަސް އަހަރުގެ ދައުރެކެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ