ވިހިވަނަ ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު މިމަހުގެ 26ވަނަ ދުވަހާއި ހަމައަށް ދަންމާލުމަށް ފާސްކޮށްފިއެވެ.
ރައްޔިތުން މަޖިލިސް ކުރިޔަށް ގެންދަނީ ތިން ދައުރަކަށް ބަހާލައިގެންނެވެ. އެގޮތުން ރައްޔިތުން މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ކޮންމެ އަހަރެއްގެ ވެސް ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މޭ މަހުގެ ފަނަރަވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ދެވަނަ ދައުރުގެ މަސައްކަތްތައް ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ ފަނަރަވަނަ ދުވަހުގެ ނިޔަލަށް ކަމަށް ވެސް ބުނެފައިވެއެވެ. ތިންވަނަ ދައުރުގެ މަސައްކަތްތައް ކުރިޔަށް ގެންދާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ 3ދުވަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށެވެ.
މިހާރު މި ހިނގާ މަޖިލީހުގެ ދައުރަކީ، މިއަހަރުގެ ދެވަނަ ދައުރެވެ. ނަމަވެސް މަޖިލީހުގެ މުހިއްމު މަސައްކަތްތަކެއް ހުރުމާއެކު މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ދަންމާލުމަށް ނިންމީއެވެ.
މަޖިލިސް ޖަލްސާގެ މިއަދުގެ ވޯޓު ގަޑީގައި އެގޮތަށް ފާސްކުރަން ފެންނަ ކަމަށް ނިންމީ 80 މެންބަރުންގެ އިއްތިފާގުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ